Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 11:31
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ޢިއްޒުދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ޢިއްޒުދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
އިއްޒުއްދީން ސްކޫލް
ސްކޫލެއް މޮޅުވެ ނަން ވިދާލަނީ ދަރިވަރުންގެ އަދަދަކުން ނޫން: އެޑިއުކޭޝަން މިނިސްޓަރ
މި ސްކޫލު ހުޅުވުމާއެކު މާލެ ސަރަހައްދުގައި ޖުމްލަ 16 ސްކޫލް ހުންނާނެ
ސްކޫލެއްގެ ނަން ވިދާލަނީ ލިބެން ހުންނަ އުމްރާނީ ވަސީލަތަކުން ނޫން
ސްކޫލުގެ ބެޖުން ރަމްޒުކޮށްދެނީ ދޮންބަންޑާރައިންގެ އައްޑަނަކޮޅުކަމަށާއި ސްކޫލުގެ މޮޓޯއަކީ ހައްގު ތެދު ހޯދައިދޭށޭ

ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ޢިއްޒުއްދީން ސްކޫލް ނުހެދެންވީ ސަބަބެއް ނެތްކަމަށާއި ސްކޫލެެއް މޮޅުވެފައި މަތިވެރިވަނީ ދަރިވަރުންގެ އަދަދަކުން ނޫންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Advertisement

މާލޭގައި އަލަށް ހުޅުވުނު ޢިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސްކޫލު ހުޅުވުމާއެކު މާލެ ސަރަހައްދުގައި ޖުމްލަ 16 ސްކޫލް ހުންނާނެކަމަށާއި ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ޢިއްޒުއްދީން ސްކޫލް ނުހެދެންވީ ސަބަބެއް ނެތްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސްކޫލެެއް މޮޅުވެފައި މަތިވެރިވަނީ ދަރިވަރުންގެ އަދަދަކުން ނުވަތަ ލިބެން ހުންނަ އުމްރާނީ ވަސީލަތަކުން ނޫންކަމަށާއި އެންމެ އަގުބޮޑު ޖަވާހިރަކީ އަލިމަސްކަމަށެވެ.

އެންމެ އަގޮބޮޑު ޖަވާހިރަކީ އަލިމަސް. ނަމަވެސް އެއީ ވަރަށް ކުޑަކުޑަ އެއްޗެއް. ސްކޫލެއް ކާމިޔާބުކޮށް ހިންގުމުގެ އެންމެ ބޮޑު ބަހާއަކީ އެ ސްކޫލެއްގެ އޮންނަ އީތޯސް. އީތޯސްއަކީ ސްކޫލެއްގައި ގާއިމުކުރާ އާދަކާދަތަކާއި ރޫހުތަކުން ކަންކަމާއި މެދު ދެކޭ ގޮތާއި ކުރެވޭ އުންމީދު.
މިނިސްޓަރ އައިޝަތު އަލީ

ތައުލީމީ ދާއިރާއަށް އަންނަ އެންމެ ބޮޑު އީދަކީ ދިރާސީ އައު އަހަރު ފެށިގެންދާ ދުވަސްކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، އަލަށް ސްކޫލެއް ހުޅުވި ސްކޫލެއްގެ ޕްރިންސިޕަލެއްގެ ގޮތުގައި ނުވަތަ ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރުމަށް ނުވަތަ ހަވާލުކުރެވިގެން ދިޔުމަކީ ވަރަށް ނާދިރުކަމެއްކަމަށާއި، ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ސްޓާފުންނާއި ދަރިވަރުންގެ ބުރަ މަސައްކަތުން އިއްޒުއްދީން ސްކޫލް ސަރަހައްދުގެ ގަދަ 3 ގެ ތެރޭގައި ހިމެނިގެންދާނެކަމަށް ޔަގީންކުރާނެކަމަށެވެ.

އަލަށް ހުޅުވިގެންދިޔަ ސްކޫލްގައި ގްރޭޑް ދިހައަކާއި ހަމަޔަށް ކިޔަވައިދޭން ނިންމާފައިވީ ނަމަވެސް މި އަހަރު އެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް ހަޔަކާއި ހަމައަށެވެ. އެއީ ގްރޭޑް އެކަކުން ހަތަރަކަށް ކޮންމެ ގްރޭޑެއްގައި ތިން ކްލާސް އަދި ގްރޭޑް ފަހެއް އަދި ހައެއްގެ ކޮންމެ ގްރޭޑް އެއްގެ ދެ ކުލާހެވެ. ކުލާހެއްގައި 25 ކުދިންގެ ޖާގަ ހުންނައިރު 2021 ވަނަ އަހަރު ގްރޭޑް ހަތަކުން ފެށިގެން ދިހަ އަކަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ، 500 ދަރިވަރުންނަށް ޖާގަ ދިނުމަށް ޢަމާޒުކޮށް ހުޅުވާ ސްކޫލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް