Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 10:21
ރައީސް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހުގެ އދ.ގެ ދަތުރުގެ މައުލޫމާތު ނުދިނުމުން، މައްސަލަ އައިކޮމްއަށް
މައުލޫމާތު ހޯދަން ހުށައަޅާފައިވާކަން އައިކޮމް އިން ވަނީ ކަށަވަރު ކޮށްދީފައި
މައްސަލަ ހުށައެޅީ އަމިއްލަ ފަރާތަކުން
މައުލޫމާތު ހާމަކުރައްވާނެ ހޫދު ކުރިން ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލުތައް ރައީސް އޮފީހުން ނުދިނުމުން އެ މައުލޫމާތުތައް ހޯދަން އިންފޮމޭޝަން ކޮމިޝަންގެ އޮފީހަށް ހުށައަޅައިފިއެވެ.

ރައީސް ސޯލިހު އެމެރިކާއަށް ވަޑައިގެންނެވީ އދ. އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގްރީރު ކުރެއްވުމަށެވެ. ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30 އަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ރައީސް އޮފީހުގެ ގިނަ ބޭފުޅުންތަކެއްވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ޖަލްސާގައި ބައިވެރިވާން ދިޔަ ވަފުދުގެ ބޭފުޅުންގެ ހަރަދުގެ ތަފްސީލު އާންމު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ މީގެ ކުރިން ގޮވާލާފައެވެ. އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ އެ ދުވަސްވަރު ވިދާޅުވެފައެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހޯދަންވެގެން އަމިއްލަ ފަރާތަކުން ރައީސް އޮފީހަށް ހުށައެޅުމުން އެ މައުލޫމާތު ހާމަކުރަން ވަނީ ދެކޮޅުހަދާފައެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނަށް ގުޅާލުމުން ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ރައީސް އޮފީހުން މިމައުލޫމާތު ދިނުމަށް އިންކާރުކުރުމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހޯދަން އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައަޅާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް، މިމައްސަލަ ހުށައަޅަފައިވާކަން އެ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރައީސްގެ ދަތުރުފުޅުގައި ރައީސް އޮފީހުގެ ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެންފައިވާތީ ސަރުކާރަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އެ ދަތުރުގައި ސަރުކާރުގެ އިސްބޭފުޅުން އަގުބޮޑުތި ފޯނުތައް ގަތްކަމުގެ އަޑުތައްވެސް ފެތުރުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް