Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 09:25
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން
ރާއްޖެއެމްވީ
ޕީޕީއެމް/ޕީއެންސީ
ކައުންސިލް އިންތިހާބު: ޕީޕީއެމްގެ ޓިކެޓަށް އެދި 300 އަށް ވުރެ ގިނަ މީހުން
ލީޑަރޝިޕް ބޭފުޅުން ރަށްރަށަށް ދަތުރުތަކެއް ކުރައްްވާނެ: އަދުރޭ
''އަސް ވިއްކިޔަސް ލަގަން ނުވިއްުކާ''
ފޯމްތައް އަދިވެސް ދަނީ ލިބެމުން

މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރުމަށް 300 އަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިހާރު އެންމެ އިސްކަމެއްދީގެން ކުރިޔަށް ގެންދަނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމެވެ.

Advertisement

ކައުންސިލް އިންތިހާބަށް އެ ޕާޓީން ވަމުންދާ ތައްޔާރީތައް ހާމަކުރައްވަމުން ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވީ، އާދިއްތަ ދުވަހު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސް ޓީމެއް ހއ. އަށާއި ށ. އަތޮޅުގެ އިތުރުން ބ. އަތޮޅަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދުރޭ ވިދާޅުވީ، އަތޮޅަކަށް ވަޑައިގަންނަވާ ޓީމުން އެ އަތޮޅެއްގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާއި، ޕާޓީ އަށާއި ރައީސް ޔާމީނަށް ތާއިދު ކުރައްވާ ބޭފުޅުންނާއި ބައްދަލު ކުރައްވާނެ ކަމަށެެވެ. އަދުރޭ ވަނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް އިލްތިމާސެއް ކުރައްވާފައެވެ.

އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދަންނަވާލައްވަން ބޭނުން މި ފަހަރު ވަރަށް ބޮޑަށް ފަރުވާތެރިވާށެ އަދި ހަމައެއާއި އެކީގައި ވިސްނާ ވަޑައިގެން އަމިއްލަ އެދުންތައް އެއްކައިރި ކޮށްލާފައި ގައުމީ ވިސްނުންތައް އިސްކުރައްވާށޭ.
އަބްދުއްރަހީމް އަބްދުﷲ ~ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ~

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަދުރޭ ވިދާޅުވީ، ޕީޕީއެމް އަށް ވޯޓު ދީގެން ނޫން އެހެން ގޮތެއް ރާއްޖޭގެ ކުރިމަގަށް ނެތް ކަމަށެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީންވެސް އެދިވަޑައިގަންނަަވަނީ ލޯކަލް ކައުންސިލް އިންތިހާބު ޕީޕިއެމް/ޕީއެންސީ އަށް ކާމިޔާބު ކޮށްދިނުން ކަމަށެވެ. ރައީސް ޔާމީންގެ އަަރިސް ބޭފުޅެއް ކަމަށްވާ އަދުރޭ ވިދާޅުވީ، ކިތަންމެ ހާލެއްގައި ޖަލުގައި ހުންނެވިޔަސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއި އެކު ކަމަށެވެ.

ވަރަށް ވަރުގަދަ އަށް ހުންނެވީ (ރައީސް ޔާމީން) އެއް ގޮތަކަށް ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން އެމަނިކުފާނުގެ ފިކުރަށް ބަދަލެއް ނާދެ. އަދި އެމަނިކުފާނު ގަބޫލުކުރާ އުސޫލުތަކަށް ދޫކޮށެއް ނުލައްވާ
އަބްދުއްރަހީމް އަބްދުﷲ ~ ޕީއެންސީގެ ނައިބް ރައީސް ~

މުސްކުޅި ހަރުބަހެއް ކަމަށްވާ ''އަސް ވިއްކިޔަސް ލަގަން ނުވިއްކާށެ'' މާނަކުރައްވައި އަދުރޭ ވިދާޅުވީ، ލަގަން އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުކަން ސިފަކުރައްވައި އޭނާ ވިދާޅުވީ، އަހާއި ލަގަން އެއްކޮށް އެމްޑީޕީ އަށް ދީފީއްޔާ މީ ދިވެހިރާއްޖެ އެއް ނޫން ކަމަށެވެ.

ދިވެހިންގެ ދިވެހިރާއްޖޭގެ ގޮތުގައި ބާއްވަން ބޭނުންވާނަމަ ކައުންސިލް އިންތިހާބު ޕީޕީއެމް އަށް ދޭން ޖެހޭ ކަމަށް އަދުރޭ ވިދާޅުވާ ވިދާޅުވުނުން ތަކުރާރު ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް