Advertisement
ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 08:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
ރައީސް އޮފީސް
ދިރާސީ އައު އަހަރު
ދިރާސީ އައު އަހަރުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ
ރައީސް ވަނީ ދަރިވަރުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާފައި
މި އަހަރު 193 ސުކޫލެއްގައި އޯލެވެލް ހަދާނެ
ރާއްޖޭގެ 212 ސުކޫލެއްގައި ކިއެވުން ފަށާފައިވޭ

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދިރާސީ އަހަރުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ތަހުނިޔާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއަދު ކިޔަވަންފަށާ ދަރިވަރުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސުކޫލުތަކަކީ ދަރިވަރުންނަށް އުފާވެރި ތަނަކަށްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސުކޫލުގައި އައު ކަންކަން ދަސްކޮށް، އައު އެކުވެރިންނާއި ބައްދަލު ވުމުގެ އިތުރުން، މުޅި އުމުރުގައިވެސް ހަނދާނުގައި ހުންނާނެ ފަދަ އުފާވެރި ހަނދާންތަކެއް އުފައްދައިދޭ ތަނަކަށް ސުކޫލުތައްވުން އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ދަނީ ދިރާސީ އައު އަހަރުގެ ކިއެވުން ފެށުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވަމުންނެވެ.

ދިރާސީ އައު އަހަރުގެ ކިއެވުން ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. އެގޮތުން ރާއްޖޭގެ ސުކޫލުތަކުގައި ދިރާސީ އައު އަހަރުގެ ކިއެވުން ފަށާފައިވާއިރު، މި އަހަރު މުޅިން އައު ސުކޫލެއްގެ ގޮތުން އެމްއީއެސް ހިންގި އިމާރާތުގައި ތަރައްޤީކުރި ޢިއްޒުއްދީން ސްކޫލުވެސް ހިމެނެއެވެ.

އޭގެއިތުރުން، ސ ހުޅުދޫ ސުކޫލާއި ޝަމްސުއްދީން ސުކޫލު ވަނީ އުވާލާފައެވެ. އަދި އެއްދަންފަޅިއަށް 150 ސުކޫލެއްގައި ކިޔަވައިދޭން ފަށާފައިވާއިރު، މި އަހަރު 193 ސުކޫލެއްގައި އޯލެވެލް ހަދާނެ ކަމަށާއި، ސަރުކާރުގެ 50 ސުކޫލެއްގައި އޭލެވެލް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ދިރާސީ އައު އަހަރުގެ ކިއެވުން ފެށުން

ދިރާސީ އައު އަހަރުގެ ކިއެވުން ފަށާފައިވާއިރު އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އަހަރީ ޗުއްޓީ ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. އަދި މި ބަދަލުތަކާއެކު އަހަރުގެ ބޮޑު ޗުއްޓީއަށް ސުކޫލުތައް ބަންދުވާނީ ޑިސެމްބަރު 6 ގައެވެ.

ދިރާސީ އައު އަހަރުގެ ކިއެވުމަށް ދަރިވަރުންނާއި ސުކޫލުތަކުންވެސް ބޮޑެތި ތައްޔާރީތަކެއް ވެފައިވާއިރު، އޭގެ އިތުުރުން ޓްރެފިކް ބަލަހައްޓާ ފުލުހުންވެސް ވަނީ ސުކޫލުތައް ކައިރީގައި ޓްރެފިކް ބަލަހައްޓައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ސުކޫލުތައް ހުންނަ ސަރަޙައްދުތަކުގައި ހިނގާބިނގާވެ އުޅުމުގައި ފަސޭހަކޮށްދިނުމަށް ޚާއްސަ އިސްކަމެއްދީގެން ޓްރެފިކް ބަލަހައްޓާނެކަމަށް ބުނެފައެވެ.

ދިރާސީ އައު އަހަރުގެ ކިއެވުން ފެށުމަށް އިސްކަންދަރު ސުކޫލުގައި ބޭއްވި އެސެމްބްލީގެ ތެރެއިން

ދިރާސީ އައު އަހަރަށް ރާއްޖޭގެ 212 ސުކޫލެއްގައި ކިއެވުން ފަށާފައިވަނީ ގާތްގަނޑަކަށް 83،000 ދަރިވަރުންނާއެކީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް