Advertisement
ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 18:44
އިއްޒުއްދީން ސްކޫލް
އިއްޒުއްދީން ސްކޫލް
އެޑިއުކޭޝަން މިނިސްޓްރީ
އިއްޒުއްދީން ސްކޫލް
އިއްޒުއްދީން ސްކޫލްގައި 240 ކުދިން ކިޔަވާނެ
ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށް
މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ސުކޫލު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ
ޖުމްލަ 26 ޓީޗަރުން އެ ކިޔަވާދޭނެ

އާދީއްތަ ދުވަހުގެ 10:00 ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ އިއްޒުއްދީން ސްކޫލްގައި 240 ކުދިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ރާއްޖެއެމްވީ"އަށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިން މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގި ޢިމާރާތުގައި ސަރުކާރުން ހިންގަން ނިންމާފައިވާ އާ ސްކޫލް ކަމަށްވާ އިއްޒުއްދީން ސްކޫލްގަ 240 ކުދިންނަށް ކިޔަވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ޖުމްލަ 26 ޓީޗަރުން އެ ކުދިންނަށް ކިޔަވާދިނުމުގައި ޙަރަކާތްތެރިވާނެ ކަމަށެވެ.

Advertisement

މި ސްކޫލް އާދީއްތަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާއިރު މި ސްކޫލް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މި ސްކޫލްގައި ގްރޭޑް ދިހަ އަކާއި ހަމަޔަށް ކިޔަވައިދޭން ނިންމާފައިވީ ނަމަވެސް މި އަހަރު އެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް ހަޔަކާއި ހަމައަށެވެ. އެއީ ގްރޭޑް އެކަކުން ހަތަރަކަށް ކޮންމެ ގްރޭޑެއްގައި ތިން ކްލާސް އަދި ގްރޭޑް ފަހެއް އަދި ހައެއްގެ ކޮންމެ ގްރޭޑް އެއްގެ ދެ ކުލާހެވެ. ކުލާހެއްގައި 25 ކުދިންގެ ޖާގަ ހުންނައިރު 2021 ވަނަ އަހަރު ގްރޭޑް ހަތަކުން ފެށިގެން ދިހަ އަކަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ، 500 ދަރިވަރުންނަށް ޖާގަ ދިނުމަށް ޢަމާޒުކޮށް ހުޅުވާ ސްކޫލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް