Advertisement
ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 17:02
އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް އަބްދުﷲ
މުހައްމަދު ޝަރުހާން
އަބްދުއްރަހީމް އަބްދުﷲ
ޔާމީނު ކަފާލާތުގެ ދަށުން ދޫ ނުކުރަން އުޅެނީ ކައުންސިލް އިންތިޚާބު ބޯމަތިބެފައި އޮތުމުން: އަދުރޭ
އަސާސީ ބައެއް ސާމާނުތައްވެސް ވެއްދުމަށް ފުރުސަތު ނުދޭ: އަދުރޭ
މައުސޫމް ބޭފުޅެއް ކަމަށް ވިދާޅުވި
ސަރުކާރަށް ފާޑު ވިދާޅުވި

މަނިލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރެވިގެން އުޅެނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.

ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައިކޯޓަށް ވަނީ މައްސަލައެއް ހުށައަޅާފައެވެ. އެކަމަކު އަދި މިހާތަނަށް އެ މައްސަލައިގެ އަޑު އެހުމެއް އެ ކޯޓުގައި ތާވަލުކޮށްފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ، ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނުގެ، އަސާސީ ޙައްޤުތައް މި ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށެވެ. އެގޮތުން އަސާސީ ބައެއް ސާމާނުތައްވެސް އެމަނިކުފާނު ހުންނަވާ ގޮޅިއަށް ވެއްދުމަށް ފުރުޞަތު ނުދެއްވާ ކަމަށް ވިދާޅުވިއެވެ.

Advertisement

ރައީސް ޔާމީނާ ދޭތެރޭ ސަރުކާރުން ޢަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޕީއެންސީގެ ރައީސް އަދުރޭ ވަނީ ޔާމީނަށް އިންސާފު ހޯއްދަވައިދެއްވުމަށް ގޮވާލާފައެވެ.

އިންތިޚާބެއް ކުރިމަތިވެފައި އޮއްވާ ކުށެއް ނެތް މައުސޫމް ބޭފުޅަކު ޖަލުގައި ބޭއްވުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަދުރޭ ވަނީ ޔާމީނަށް ކޮށްފައިވާ ޙުކުމަށް ފާޑު ވިދާޅުވެފައެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ، ޔާމީން ކަފާލާތުގެ ދަށުން ދޫނުކޮށްގެން އުޅެނީ ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތީމަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްޓަކައި ރައީސް ޔާމީން ހައްޔަރު ކުރީ . މިއަދު މިއުޅެނީ ލޯކަލް ކައުންސިލް އިންތިހާބެއް ބޯމައްޗަށް އޮތީމަ ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ތާވަލް ނުކޮށްގެން އުޅެނީވެސް އަދި ކަފާލާތު ނުލިބިގެންވެސް އުޅެނީ
އަބްދުއްރަހީމް އަބްދުﷲ ( އަދުރޭ) - ޕީއެންސީގެ ރައީސް ~

އަދުރޭ ވަނީ މި ސަރުކާރަކީ އަނިޔާވެރި، ޚުދު މުޚުތާރު ސަރުކާރެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ޙުކުމް ކޮށްފައި ވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އެސްއޯއެފް މެދުވެރިކޮށް ލޯންޑަރކުރުމުގެ ކުށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް