Advertisement
ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 15:15
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
އެމްއެންޑީއެފް
ޑިފެންސް މިނިސްޓަރު މާރިޔާ
ބަޑި ޖަހައިގެން ވާލާއި ކާޅު މެރުމަކީ މަނާ ކަމެއް: ޑިފެންސް މިނިސްޓަރު
ވާލާއި ކާޅު މެރުމުގެ ހުއްދަ ދެނީ އީޕީއޭ އިން
އީޕީއޭއިން ހުއްދަ ދެނީ ވާލާއި ކާޅު ފައްސަން

ބަޑި ޖަހައިގެން ވާލާއި ކާޅު މެރުމަކީ މަނާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން، ގަޑި ޖަހައިގެން ވާލާއި ކާޅު މަރައިދޭން ބައެއް ފަރާތްތަކުން އެދޭ ކަމަށެވެ. ނަމަވެސް ވާލާއި ކާޅު މެރުމަށް ހުއްދަ ދެނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަމަށެވެ. އަދި އީޕީއޭއިން ހުއްދަ ދެނީ، ވާލާއި ކާޅު ފައްސަން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

Advertisement

މާރިޔާ ވިދާޅުވީ ވަކި ޓާގެޓެއް ނެތި ބަޑި ޖެހުމަކީ ޚަރަދު ބޮޑު ކަމެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރަން ރަނގަޅު ކަމެއް ވެސް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ވާލާ ކާޅު ގިނަވެ، އޭގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވުމުން ސިފައިން ނިކުމެ ބަޑިޖަހާ އެތަކެތި މަދު ކުރުމުގެ މަސައްކަތް އެއް އިރެއްގައި ރާއްޖޭގައި ކޮށްފައިވެއެވެ.

ވާލާއި ކާޅުގެ އުނދަގޫ އެންމެ ބޮޑުވަނީ، އަނބާއި ޖަބްރޯލް ފަދަ މޭވާ އަޅާ ގަސްގަހަށެވެ. އަދި މަސް ކައްކާ ބައެއް ރަށްރަށުގައި ކާޅުގެ އުނދަގޫ ބޮޑުކަމަށް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
11 ޖެނުއަރީ 2020 | ހޮނިހިރު 16:10
ބާބަމާމަ
ދެން އޭގެފަހަތުން އުދުހިފަތޯ މަރަންވީ