ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 13:42
ޔޫއްޕެ، ދިރާގާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ޔޫއްޕެ، ދިރާގާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ދިރާގު
ޔޫސުފް ޝަފީއު (ޔޫއްޕެ)
ޔޫއްފެ ޕްރޮޑަކްޝަންގެ އާ ސީރީޒެއް ދިރާގު ޓީވީއަށް
ވީއޯޑީ އޮން ޑިމާންޑުން މި އަހަރު ތެރޭ ފެނިގެންދާނެ: ދިރާގު
ދިވެހި އުފެއްދުންތަކަށް ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުން ދާނެ

ދިރާގު ޓީވީއިން "ޔޫއްފެ ޕްރޮޑަކްޝަން" އާއި އެކު މުޅިން އާ ދިވެހި ސީރީޒް އެއް އުފެއްދުމަށް ސޮއިކޮށްފިއެވެ.

"ޔޫއްފެ ޕްރޮޑަކްޝަން" އަކީ 2004 ވަނަ އަހަރު ޔޫސްފް ޝަފީއު( ޔޫއްޕެ) އުފެއްދި ފިލްމު ކުންފުންޏެކެވެ. މި ސީރީޒް ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބުރަރީން މި އަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ޔޫއްޕެ

ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތާނުގައިވެސް ދިވެހި ފިލްމީ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސް ދިނުމެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

- ކޮމެންޓް