Advertisement
ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 13:05
ޝައުފާ ސައީދު
ޝައުފާ ސައީދު
ޔޫ.އެސް އެމްބަސީ، ކޮލޮމްބޯ
އެމެރިކާގެ ނޭޝަނަލް އެވޯޑް
އެމެރިކާގެ ފޮރިން ސާވިސް ނެޝަނަލް އެވޯޑު ޝައުފާއަށް
ޝައުފާ މަސައްކަތްކުރަނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގައި

އެމެރިކާގެ ފޮރިން ސާވިސް ނެޝަނަލް އެވޯޑު ޝައުފާ ސައީދުއަށް ލިބިއްޖެ އެވެ.

ޝައުފާއަކީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެކެވެ. އެމެރިކާގެ ފޮރިން ސާވިސް ނެޝަނަލް އެވޯޑަކީ އެމެރިކާ ސަރުކާރާއި ސައުތު އަދި ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާސް (އެސްސީއޭ) އިން ދޭ އެވޯޑެކެވެ.

Advertisement

ޝައުފާގެ އިތުރުން މި އެވޯޑު ހަ މީހަކަށް ވަނީ ލިބިފައިވެ އެވެ. އެސްސީއޭ އިން ބުނީ ޝައުފާގެ މޮޅު ރިޕޯޓު ކުރުންތަކާއި ބަހުގެ ހުނަރުގެ ސަބަބުން ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށެވެ.

މީގެއިތުރުން މި އެވޯޑާއެކު ޝައުފާގެ މަސައްކަތްތައް ބަލައިގެންފައިވާ ކަމަށް ވެސް އެސްސީއޭ އިން ވަނީ ބުނެފަ އެވެ. އަދި ޝައުފާ އެ ޓީމުގައި ހިމެނޭތީ އުފާ ކުރާ ކަމަށްވެސް އެސްސީއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް