Advertisement
ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 09:13
ރައީސް ޔާމީން
ރައީސް ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް އަބްދުﷲ ޔާމީން
ބެއިލް ނުލިބިގެން ރައީސް ޔާމިންގެ ކަންބޮޑުވުން
ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެފައި
ޝަރިޔަތުގެ އަޑުއެހުމެއް އޮންނާނެ ދުވަހު އަދި ހާމައެއް ނުކުރޭ
މެސެޖް ހިއްސާ ކުރެއްވީ ޑރ. ޖަމީލް

ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ ވިދާޅުވެ ސުވާލު އުފައްދަަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީން ދެއްވާފައިވާ މެސެޖުގައި ވިދާޅުވީ، ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށްވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަކަން ކަމަށެވެ.

Advertisement

ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ ވިދާޅުވެ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން ކަމަށް ޖަލުގައި ހުންނެވި ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މެސެޖް އާއްމުންނާއި ހިއްސާ ކުރައްވާފައިވަނީ، ޓްވިޓާ މެދުވެރިކޮށް އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ.

ބެއިލް ނުލިބިގެން ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް އެދި ހައިކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލަ ހައިކޯޓުން ބަލައިގަނެފައިވާކަން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ޙުކުމް ކޮށްފައި ވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އެސްއޯއެފް މެދުވެރިކޮށް ލޯންޑަރކުރުމުގެ ކުށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
11 ޖެނުއަރީ 2020 | ހޮނިހިރު 13:34
ޣަނީ
ޚކޮބާވަނުވާ އެއްވެސް ހައްގެއްނެތި ޖެހިމީހުން...