Advertisement
ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 07:04
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)
ޓްވިޓަރ
ޑީޖޭއޭ
ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ކޮންމެ ކޯޓަކުންވެސް ބަލައިގަނެވޭނެ: ޑީޖޭއޭ
އެގޮތަށް އަމަލުކުރަން ފަށާނީ ޖެނުއަރީ 12 އިން ފެށިގެން
ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެ ފައިސާ ހަވާލުކުރާނީވެސް އެ ކޯޓަކުން
އެ ފައިސާއެއް އަސްލު ލިބެންޖެހޭ ކޯޓަށް އެކަން އަންގަން ޖެހޭނެ

އެކި ސަބަބުތަކާއި ގުޅިގެން ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށްވެސް ދެއްކޭގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން ޑީޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުރިން ފައިސާ ދައްކަން ޖެހެނީ ފައިސާ ލިބެންވީ ކޯޓް ނުވަތަ ބްރާންޗަށް ކަމަށްވިޔަސް މިހިނގާ ޖެނުއަރީ މަހުގެ 12 އިން ފެށިގެން ޑީޖޭއޭގެ އިތުރުން ރާއްޖޭގެ ކޮންމެ ކޯޓަކުންވެސް އެ ފައިސާ ބަލައިގަނެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ޚިދުމަތް ހޯދާ ފަރާތްތަކުން ދައްކަންޖެހޭ ފީއާއި، ޑިޕޮސިޓްތަކުގެ އިތުރުން، ހުކުމްތަކާއި، އަމުރުތަކާއި ޗިޓްތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އެ އުސޫލުން މިހާރު ދެއްކޭނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

Advertisement

އަދި އެގޮތަށް ދައްކާ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެ ފައިސާ ހަވާލުކުރާނީވެސް އެ ކޯޓަކުން ކަމަށާއި، އެއަށްފަހު ފައިސާ ދެއްކުމަށް އަމުރުކުރި ކޯޓަކަށް އެކަން އަންގަންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ޑީޖޭއޭއިން އިތުރަށް ބުނީ، މި އުސޫލުގެ ދަށުން އެހެން ކޯޓަކުން ފައިސާއެއް ބަލައިގެންފި ނަމަ، އެ ފައިސާއެއް އަސްލު ލިބެންޖެހޭ ކޯޓަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް