ނޯބެލް ސުލްހައިގެ އިނާމު ހައްޤު ވާނީ އެމަނިކުފާނަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަންޕް ވިދާޅުވީ އެމަނިކުފާނު ޤައުމެއް ސަލާމަތްކުރެއްވި ކަމަށާއި ނޯބެލް ސުލްހައިގެ އިނާމު، އެ ޤައުމު ސަލާމަތްކުރި ކަމަށްޓަކައި ލިބެނީ އެ ޤައުމުގެ އެންމެ އިސްވެރިޔާއަށް ކަމަށެވެ.
ޓްރަމްޕް ވަކި މީހެއް ނަން ހާމަ ނުކުރެއްވި ނަމަވެސް 2019 ވަަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވަނީ އިތިއޯޕީގެ ބޮޑުވަޒީރު އަބީ އަހުމަދު އަލީ އަށެވެ. އަބީއަށް އެ އެވޯޑް ލިބިވަޑައިގެންނެވީ، އިތިއޯޕިއާ އާއި އަވަށްޓެރި އެރިޓްރީއާ ދެގައުމުގެ ދެމެދުގައި 20 އަހަރު ވަންދެން ހިނގަމުންދިޔަ ހަނގުރާމަ ސުލްހައަކަށް ގެނައުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅަށެވެ.
ދެ ގައުމުގެ ސަރަހައްދީ ދެމެދު ހިނގަމުންދިޔަ ހަނގުރާމައިގެ ސުލްހަ އަށް ފަހު 1998-2000 ވަނަ އަހަރާއި ދެމެދު ދެ ގައުމުގެ އަސްކަރިއްޔަ އޮންނަނީ ބޯޑަރު ސަރަހައްދުގައި އަވަސް ހާލަތަށް ތައްޔާރުކޮށްފައެވެ. ޤައުމެއް ސަލާމަތްކުރުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު އިތިއޯޕިއާ އާއި އަވަށްޓެރި އެރިޓްރީއާ ދެމެދުގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓުވުމަކަށް އެމެރިކާ އިން މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ނޯބެލް ސުލްހައިގެ އިނާމު ހައްޤު ވާނީ އެމަނިކުފާނަަށް ކަމަށް ޓްރަމްޕް ވިދާޅުވި ސަބަބު ސާފުނުވާއިރު ނޯބެލް ސުލްހައިގެ އިނާމު ލިބޭނެ މީހެއް އިއުލާންކޮށްފައިވަނީ މިދިޔަ އަަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި އަބީ އަށް ރަސްމީކޮށް އެވޯޑް އަރުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮސްލޯގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ އެވޯޑްއަކީ 900،000 ޑޯލަރުގެ އަގުހުރި އެވޯޑެކެވެ.
2018 ވަނަ އަހަރުގެ އޭޕްރީލް މަހު ބޮޑު ވަޒީރު ކަމަށް އިންތިހާބު ވެވަޑައިގެންނެވީ އަބީ ވަނީ އިތިއޯޕިއާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.