Advertisement
ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 19:04
އެމްޑީޕީ އޮފީހުގައި ޕްރައިމަރީގެ ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިޔަށްދަނީ
އެމްޑީޕީ އޮފީހުގައި ޕްރައިމަރީގެ ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިޔަށްދަނީ
އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ ސުންގަޑި އިތުރުކޮށްފި
ޕްރައިމަރީ އޮންނަނީ ޖެނުއަރީ 31 ގައި: އެމްޑީޕީ
ސުންގަޑި ހަމަވަނީ ހުކުރު ދުވަހުގެ ރޭ 9:00 ގައި
(އެމްޑީޕީ) ގެ ޓިކެޓްގައި ވާދަކުރަން މިހާތަނަށް 1214 އަށް ވުރެ ގިނަ ފޯމް ލިބިފައިވޭ

އެމްޑީޕީގެ ޕްރިއަމަރީގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ ސުންގަޑި ހުކުރު ދުވަހުގެ ރޭ 9:00 އަށް އިތުރުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ 31 ޖެނުއަރީ 2020 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު ހުކުރު ދުވަހުގެ ރޭ 9:00 އާއި ހަމައަށް އިތުރުކުރެވިފައިވާކަމަށެވެ.

Advertisement

ކުރިން އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރުވުމަށް ފޯމް ހުށައެޅުމުގެ ސުންގަޑި ހުކުރު ދުވަހުގެ ހަވީރު 18:00 އަށް ހަމަވާނެ ކަމަށް އެ ޕާޓީން ބުނިނަމަވެސް، އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސުންގަޑި އިތުރުކޮށްފައިވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވެ ކިއުލައިން ދިގުވުމާއެކު ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ. މުއިއްޒު ވިދާޅުވީ ކައިރި ރަށްރަށުންވެސް ފޯމް ހުށަހެޅުމަށް އަދިވެސް ގިނަ ބަޔަކު އަންނަކަމަށް މައުލޫމާތުލިބޭކަމަށެވެ.

ޕްރައިމަރީގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމަށް މެމްބަރުން ކިޔުލައިންގައި

އެޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ވާދަކުރަން މިހާތަނަށް 1214 އަށް ވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓު އާއްމު ކުރަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.

ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، އާދިއްތަ ދުވަހު އެމްޑީޕީ އުތުރު މަހާސިންތާ ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުގައި އިސްކޮށް ހުންނަވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް