Advertisement
ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 18:11
މަރު ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ
މަރު ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ
ރައީސް އޮފީސް
މަރު ކޮމިޝަން
ޑރ. ޝަހީމަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެބައޮތް، ރިޕޯޓު ނެރުނީ ތަހުގީގު ފުރިހަމަކޮށްފައި: މަރު ކޮމިޝަން
ކޮމިޝަނުން ރިޕޯޓު ނެރުނީ ތަހުގީގު ފުރިހަމަކޮށްފައި
ޝަހީމްގެ މައްޗަށް އަފްރާޝީމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ނުކުރޭ، ދޮގު މައުލޫމާތު ދިންކަމަށް ރިޕޯޓުން ހާމަވާނެ
ޝަހީމް އާއި އަފްރާޝީމްގެ ދެމެދުގައި ވެވުނު މެސެޖުތަކާއި ކޯލްތަކަކީ ފުލުހުންގެ ޑރ އަފްރާޝީމްގެ ފޯނުން ތަހުގީގަށް ނަގާފައިވާ ހެކި

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގެ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަމަށާއި ނަމަވެސް މަރު ކޮމިޝަނުން ރިޕޯޓު ނެރުނީ ތަހުގީގު ފުރިހަމަކުރުމަށްފަހުގައި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގު ފުރިހަމަނުކޮށް ރިޕޯޓު ނެރުނުކަމަށް ޑރ. ޝަޙީމް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައި، ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މަރާލައިފައިވާމީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މަރުތައް ތަހުގީގުކުރާ ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވީ އެއްފަހަރުވެސް މަރު ކޮމިޝަނުން ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޑރ. ޝަހީމް ހިމެނިފައިވާކަމަށް ނުވަތަ ބައިވެރިވެފައިވާކަމަށް ތުހުމަތު ނުކުރާކަމަށެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ވަރަށް ސާފުކޮށް ކަޅާއި ހުދުން ޝަހީމް ކޮމިޝަނަށް ދެއްވި ބަޔާނާއި ކޮށްފައިހުރި މުއާމަލާތްތަކާއި ދިމާނުވާކަން ބަޔާންކޮށްފައިވާނެކަމަށް ފަރީޝާ ވިދާޅުވި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފަރީޝާ އިތުރަށް ވިދާޅުވީ، ޑރ. ޝަހީމް ރާއްޖެއިން ބޭރުގައި އުޅުއްވާތީ ސިޓީ މެދުވެރިކޮށް ޖަވާބުދެއްވުމަށް ފުރުސަތު ދެއްވިކަމަށާއި އެ މައްސަލައިގައި ޖަވާބުދާރީވުމަށް 3 ފަހަރަށް ވުރެން ގިނައިން ފުރުސަތު ދެއްވިކަމަށެވެ. އަދި ރަނގަޅަށް ވިސްނުމަށްފަހު ތެދު މައުލޫމާތު ހާމަކުރުމަށް ވަގުތު އޮތްކަމަށްވެސް ފަރީޝާ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ފަރީޝާ ވިދާޅުވީ، ޑރ އަފްރާޝީމްގެ ރިޕޯޓު ހުރިހާ ރައްޔިތުންނަށްވެސް ފެންނަން އޮންނާނެކަމަށާއި ޑރ ޝަހީމް އާއި އަފްރާޝީމްގެ ދެމެދުގައި ވެވުނު މެސެޖުތަކާއި ކޯލްތަކަކީ ފުލުހުންގެ ޑރ އަފްރާޝީމްގެ ފޯނުން ތަހުގީގަށް ނަގާފައިވާ ހެކިކަމަށެވެ. މެސެޖުން ރަނަގަޅަށް އެކަން ފެންނާނެކަމަށް ވިދާޅުވެ ފަރީޝާ އިތުރަށް ވިދާޅުވީ، ޑރ ޝަހީމް މަރު ކޮމިޝަނަށް ތެދު މައުލޫމާތު ދެއްވިނަމަ ރިޕޯޓު އެޔަށް ވުރެން ބޮޑަށް ފުރިހަމަވާނެކަމަށެވެ. ފަރީޝާ ވަނީ ކޮމިޝަނުން ދޮގު ނުހަދާކަމަށާއި އެކަން ލިޔުމުންވެސް ސާބިތުކުރެވޭނަކަމަށް ވިދާޅުވެފައެވެ.

ފަރީޝާ ވިދާޅުވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ފުލުހުންނަށް ހުށައެޅީ އިޖްރާއީގޮތުން ފުރިހަމަ ކުރަންޖެހޭކަމެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި އެކަން ފުރިހަމަ ކޮށްފައި އަލުން ފޮނުވުމަށް ޕީޖީ އޮފީހުން އަންގާފައިވާކަމަށް ފަރީޝާ ވަނީ ވިދާޅުވެފައެވެ.

މިފަދަ މައްސަލަތަކުގައި ދޮގު މައުލޫމާތުދިނުމަކީ ގާނޫނީ ކުށަކަށްވާއިރު، ޑރ. އަފްރާޝީމް ރަހުމުކުޑަގޮތަކަށް މަރާލި ދުވަހު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫންކަމަށް ވިދާޅުވިޔަސް، އެ ދެ ބޭފުޅުންގެ ތެރޭގައި ބަދަލުކުރެވުނު އެސްއެމްއެސްތަކުން އެއީ ދޮގެއްކަން ހާމަވެގެންދެއެވެ. ޑރ. ޝަހީމަކީ އަފްރާޝީމް މަރާލި ދުވަސްވަރު، އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

Advertisement

ކޮމިޝަނަށް ޑރ ޝަހީމް ދެއްވާފައިވާ އިންޓަވިއުއެއްގައި ވާގޮތުން، އެ ދުވަހު ލައިވް ޕްރޮގުރާމަކަށް އެރުމަށް ޑރ. އަފްރާޝީމް މާގިނައިން ގުޅުއްވާތީ އެވަގުތު ބިޒީކޮށް އުޅުއްވުމުން މެސެޖެއް ކުރިކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެވަގުތު އިންނެވީ ބައްދަލުވުމެއްގައި ކަމަށާއި ފަހުން ގުޅުއްވާނެކަމަށް ޑރ އަފްރާޝީމް އަރިހުގައި ދަންނަވާފައިވާކަމަށް އެ ބަޔާނުގައިވެއެވެ. ޝަހީމް ދެއްވި ބަޔާނުގައިވާގޮތުން އެއްވެސް އެންގުމަކާއި ނުލައި އަމިއްލަފުޅަށް މިނިސްޓްރީ ދޮށަށް ވަޑައިގެން ބައްދަލުކުރުމަށް އެދިލެއްވިކަމަށްވެސްވެއެވެ.

އިދާރީ ބައްދަލުވުން ނިންމަވައި ޑރ. އަފްރާޝީމާއި ބައްދަލުކުރުމަށް ވިދާޅުވެފައިވާނެކަމަށާއި "ބައްދަލުވުމެއްގައޭ ދެންނެވީމަވެސް ބައްދަލުވުން ނިމެންދެން ބޭރުގައި މަޑުކޮށްލާނަމޭ ބުނެ، ޝަހީމްއާއި ބައްދަލުކޮށްފައި ނޫނީ ނުދާނަމޭ ވިދާޅުވެ އެތައް އިރެއް ވަންދެން އިސްލާމީ މަރުކަޒު ބޭރުގައި" ޑރ އަފްރާޝީމް އިންނެވި ކަމަށް ޑރ. ޝަހީމާއި ހަވާލާދީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑރ އަފްރާޝީމް އެ ދުވަހުގެ މެންދުރު ނަމާދު ފަހުން ބައްދަލުކޮށް އެރޭގެ ޓީވީ ޕްރޮގުރާމަކަށް އެރޭގޮތް ހަދައިދިނުމަށް އެދިލެއްވިކަމަށެެވެ. "އެރޭ އިންނަ ޕްރޮގުރާމަށް އެރުމަށް އެދިލެއްވީ ސީދާ އެބޭފުޅާ" ޑރ ޝަހީމް ދީފައިވާ ބަޔާނުގައިވެއެވެ.

ޑރ އަފްރާޝީމް އެރޭ ޕްރޮގުރާމަށް އަރާ ވަޑައިގެންފައިވަނީ މިނިސްޓްރީން ނުވަތަ މިނިސްޓަރ އެދިގެން ނޫންކަމަށް ބަޔާނުގައިވެއެވެ. ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޑރ އަފްރާޝީމް "ބައްދަލުކުރެއްވަން ވަޑައިގެންނެވީ އެއްވެސް ވަރަަކަށް އަޅުގަނޑު (ޑރ. ޝަހީމް) އެދިގެން ނޫން" ކަމަށެވެ.

އެއީ ތެދުނޫން މައުލޫމާތުކަން ރައްޔިތުންގެ މަޖިލީހުގެ ރައިސްވެސް ކަށަވަރުކޮށްދެއްވާފައިވާއިރު އެސްއެމްއެސްތަކުން ޑރ ޝަހީމް އަމިއްލފުޅަށް މީޓީންގް އެރޭންޖްކުރުމާއި ބައްދަލުކުރުމަށް އެދިލެއްވިކަންވެސް އެނގެއެވެ. ޑރ. އަފްރާޝީމް އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމްގައި ބައިވެރުވުމަށް ހުށައެޅުއްވީ ޑރ. ޝަހީމް ކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑރ. އަފްރާޝީމަށް އެ ޕްރޮގްރާމްގައި ބައިވެރިނުވެވިއްޖެ ހާލަތެއްގައި، އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައުބާވެވަޑައިގަތުމުގެ ފުރުސަތު މަގުފަހި ކޮށްދެއްވުމަށްވެސް ޑރ. ޝަހީމު ހުށައެޅުއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް