Advertisement
ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 17:48
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
މޯލްޑިވްސް އިންޑިޕެންޑެންޓް
ހުކުރު ޚުތުބާ
ފާހިޝް އަމަލުތައް ފެތުރެމުންދާތީ ނުރައްކާތެރި ބަލިތައްދަނީ އިތުރުވަމުން: ޚުތުބާ
ސިއްހަތާ މެދު ވިސްނަންޖެހޭ
އެބަލިތަކުން ސަލާމަތްވާން މަސައްކަތް ކުރަންޖެހޭ
ވިޔަފާރި ކުރުމުގައި ދަނީ އިސްލާމީ އުސޫލުތަކާ ހިލާފުވަމުން

މުޖުތަމައުގައި ޙަރާމް ކުރައްވާފައިވާ ފާހިޝް އަމަލުތައް ފެތުރެމުންދާތީ ނުރައްކާތެރި ބަލިތައް އިތުރުވަމުންދާކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''މުސީބާތް ކުރިމަތިވުމުގެ ސަބަބު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިޖުމުތަމައުއިން ހަރާމް ކުރައްވާފައިވާ ފާހިޝް އަމަލުތައް ފެންނަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތެރި އެތައް ބައްޔެއް ފެތުރެމުންދާ ކަމަށެވެ. އެގޮތުން ކާބަފައިންގެ ޒަމާނުގައި ވެސް ފެނިފައި ނުވާ ފަދަ ނުރައްކާތެރި އެތައް ބައްޔެއް ފެތުރިގެން ދިޔަ ކަމަށާއި، ފާޙިޝް ޢަމަލުތަކުގެ ސަބަބުން ފެތުރިފައިވާ އެންމެ ނުރައްކާތެރި އެއް ބައްޔަކީ އެއިޑްސް ބަލި ކަމަށެވެ.

Advertisement

މިނުރައްކާތެރި ބަލި އެންމެ މަދު ގައުމު ތަކަކީ، އިސްލާމީ ގައުމުތައްކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ނުރައްކާތެރި ބަލި އިސްލާމީ ބައެއް މުޖުތަމައުތަކުގައި ވެސް ބާރަށް ފެތުރެމުންދާކަމަށެވެ. އިސްލާމްދީންގައި ސިއްހަތާ މެދު ވެސް ސަމާލުކަންދޭ މިންވަރު ވަރަށް ބޮޑު ކަމަށާއި، އިސްލާމް ދީނުގައި ފާހިޝް އަމަލުތައް ހަރާމް ކުރައްވާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމްދީންގައި ވަނީ ޒިނޭ ޙަރާމް ކުރެއްވުމާއެކު، އެކަމަށް މަގުފަހިވާ ކަންތައްތަކާވެސް ދުރުހެލިވުމަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ނަޒަރު ތިރިކުރުމަށް އެންގެވިކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ''އޭ މުހާޖިރުންނޭވެ. ތިޔަބައިމީހުންގެ އިމްތިޙާނަކަށްޓަކައި މާތް ﷲ ވަނީ ފަސް ކަމެއް ލައްވައިފައެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުން އެ ކަންކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި އެއިލާހަށް ދަންނަވަމެވެ. ދެން (އެ ފަސް ކަންތައް ބަޔާންކުރަށްވަމުން ޙަދީޘްކުރެއްވި އެވެ.) އެއްވެސް ޤައުމެއް ގައި ޖެހިލުމެއް ނެތި، ފާޅުގައި ނުބައިކަން ބޮޑު ފާޙިޝް ޢަމަލުކުރަން ފަށައިފި ނަމަ، އެކަންކަމާ ގުޅިގެން ކުރީގައި އެއުރެން ދެކިފައިނުވާ ފަދަ ބޮޑެތި ބަލިތަކާއި ކޯފާތައް އެއުރެންގެ ތެރޭގައި ފެތުރެން ފަށައިފާނެ އެވެ. އަދި ބައެއްގެ ތެރޭގައި ވިޔަފާރީގެ މުޢާމަލާތް ކުރުމުގައި މަކަރާއި، ޙީލަތް ހަދައި، މިނެކިރުމާއި، މިންއެޅުމުގައި އުނިކުރަން ފަށައިފި ނަމަ ދިރިއުޅުމުގައި އަތްމަތި ދަތިވެ، ތަދުމަޑުކަން ޢާއްމުވެ، އެއުރެންގެ މައްޗަށް އިސްވެ ތިބި ވެރިންގެ ކިބައިން އަނިޔާވެރިކަމާ ކުރިމަތިވާން ފަށައިފާނެ އެވެ. އަދި ބަޔަކު ތިމާމެން ނެރެން ޖެހޭ ޒަކާތުގެ މުދާ ނުނެރެ، އެ ކަމުން ޙައްޤުވެރިން މަޙްރޫމުކުރަން ފަށައިފިނަމަ އުޑުން ވާރޭވެހުން ހުއްޓިދާނެ އެވެ. އަދި ގެރިބަކަރި ނެތް ހިސާބުގަނޑުން އެއްގޮތަކަށް ވެސް ވާރޭ ނުވެހި، މުޅިން ވާރޭފެނުން އެބައިމީހުން މަޙްރޫމުވެދާނެއެވެ. އަދި ބަޔަކު މީހުން ﷲ އާއި އެ އިލާހުގެ ރަސޫލާއާ އަށް އީމާންވެ، ދީންމަތީ އުޅުމަށް ވަޢުދުވެ ތިބެފައި އެއާ ޚިލާފަށް އުޅެން ފަށައިފި ނަމަ އެ ބައެއްގެ މައްޗަށް އެބައިމީހުންނާ ގުޅުމެއް ނެތް ބޭރު ބަޔަކު ވެރިކުރައްވައިފާނެ އެވެ. އެއިރުން ތިމާމެންގެ އަތުގައި ހުރި މުދަލާއި، ނެތް ބޭރު ބަޔަކު ވެރިކުރައްވައިފާނެ އެވެ. އެއިރުން ތިމާމެންގެ އަތުގައި ހުރި މުދަލާއި، ގެދޮރާއި، އަނބިދަރިންގެ ތެރެއިން އެބައިމީހުންނަށް ނެގުނުހައި އެއްޗެއް ނަގައި ޣަޞްބުން އެތަކެތި ފޭރިގަންނާނެ އެވެ. އަދި އެބައިމީހުންގެ މައްޗަށް އިސްވެ ތިބި މީހުން ﷲ ގެފޮތާއި، އެ އިލާހު ބާވައިލެއްވި ޙުކުމްތަކާ އެއްގޮތަށް ޙުކުމް ނުކޮށް ތިމާމެން ހިތުހުރިހައި ގޮތަކަށް ޙުކުމް ކުރަން ފަށައިފި ނަމަ، ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެ ބައިމީހުންގެ މެދަށް ވެރިކުރައްވައި، އެއުރެންގެ ތެރޭގައި ތަޅާފޮޅުމާއި، ނާމާންކަން ޢާއްމުކުރައްވައިފާނެ އެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މިމުޖްތަމައުގައި ހުރި ބަލިތައް ހޯދައި، އެބަލިތަކުން ސަލާމަތްވާން މަސައްކަތް ކުރުމުގެ ވަގުތުޖެހިފައިވާ ކަމަށާއި، މިއަދު މުސްލިމުންނަށް ދިމާވެފައިވާ ނިކަމެތިކަމުގެ އަސްލާމެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ހަގީގަތުގައި އުނިކަން ހުރީ އަމިއްލަ ނަފްސުތަކުގައި ކަމަށް ހުތުބާގައި ބުންޏެވެ.

ވިޔަފާރި ކުރުމުގައިވެސް އިސްލާމީ އުޞޫލުތަކާ ޚިލާފު ވަމުންދާކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެކަމުގެ ނޭދެވޭ އަސަރުވެސް މުޖްތަމައަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ތަދުމަޑުކަމާއި، ދިރިއުޅުމުގެ ދަތިކަމާއި، އަނިޔާވެރިންގެ އަނިޔާތަކާ ކުރިމަތިވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ވިޔަފާރިކުރުމުގައި މަކަރު ހެދުމާއި ދޮގުހަދައިގެން ތަކެތި ވިއްކައި އުޅުމުގެ ނަތީޖާއަކީ ވިޔަފާރީގައި ގެއްލުމާއި ކުރިމަތިލާން ޖެހި، އެބަޔަކު ފާފަވެރިވާނެ ކަމެއްކަމަށްވެސް ހުތުބާގައި ބުންޏެވެ. އެހެންކަމުން އެފަދަ ކަންކަމާއި ދުރުވެ ތިބުމަށް ހުތުބާގައި ގޮވާލައިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް