ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން ވެލާނާ އިންޓަަރނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވައިފިއެވެ.
''އޮތެންޓިކް މޯލްޑިވްސް' ނަން ދީފައިވާ ފިހާރާ ހުޅުއްވައިދެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.
އަލަށް ހުޅުވި މި ފިހާރައިން ދިވެހި ގިނަ އުފެއްދުންތަކެއް ލިބޭނެ ކަމަށ އެއާޕާޓުން މައުލޫމާތުދެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީގެ ދަށުން 2017 އަހަރު ވަނީ ބިޒްނެސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އެއް އުފައްދާފައެވެ. އެ ކޯޕަރޭޝަނުން ދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.