Advertisement
ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 13:09
ބ.ދަރަވަންދޫ
ބ.ދަރަވަންދޫ
އަވޭލާ މަންޓާ ވިލޭޖް
ބ.ދަރަވަންދޫ
ދަރަވަންދޫ ބަނދަރުގައި ވިޔަފާރި ތަރައްގީކުރުމުގެ ފުރުސަތު ހުޅުވާލައިފި
800 އަކަފޫޓުގެ 5 ބިން، ދޫކުރަން ވަނީ ނިންމާފައި
ކުއްޔަށް ދޫކުރަނީ 15 އަހަރަށް
ޕްރޮޕޯސަލް ހުށަހެޅުން އޮތީ މިމަހުގެ 23 ގައި

ބ. ދަރަވަންދޫ ބަނދަރުގެ ހުޅަނގު ބިމުގައި ވިޔަފާރި ތަރައްގީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ އެރަށުގެ ބަނދަރުގެ ހުޅަނގުގައިވާ ހުސްބިމުގައި، 800 އަކަފޫޓުގެ 5 ބިން، 15 އަހަރު ދުވަހުގެ މުއްދަތަށް ކުޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި މައުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

Advertisement

މީގެ އިތުރުން ކައުންސިލުން ބުނީ ބަނދަރުގެ ހުޅަނގު ބިމުގައި ވިޔަފާރި ތަރައްގީކުރުމުގެ މައުލޫމާތު ދިނުން އޮތީ މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުން މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނީ ދަރަވަންދޫ ބަނދަރުގެ ހުޅަނގު ބިމުގައި ވިޔަފާރި ތަރައްގީކުރުމުގެ މައުލޫމާތު ލިބިގަންނަ ފަރާތްތަކަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް