Advertisement
ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 01:45
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ރައީސް އޮފީސް
ފުލުހުން
ޕޮލިސް ޕަރމޯމަންސް ބޯޑެއް އުފައްދަނީ
ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ގިނަ ކަންކަން ވަނީ ރާވާފައި
ފުލުހުންގެ ޑިމޮކްރަޓިކް އެކައުންޓެބިލިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން
ފުލުހުންގެ ޚިދުމަތުގެ ބިލުގެ ޑްރާފްޓްގައިވެސް އެކަން ހިމަނާފައިވާނެ

ފުލުހުންގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން "ޕޮލިސް ޕަރފޯމަންސް ބޯޑް" އެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ޕޮލިސް އެކަޑަމީން ހިންގި 31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ރާވަމުންދާ ކަންކަމުގައި މިހާރު އަމަލީ ސިފަ ޖެހެން ފަށާފައިވާ ކަމަށެވެ.

Advertisement

އެގޮތުން ފުލުހުންގެ މުއައްސަސާގެ "ޑިމޮކްރަޓިކް އެކައުންޓެބިލިޓީ" އިތުރު ކުރުމަށްޓަކައި މި ހަފްތާގައި ޕޮލިސް ޕަރފޯމަންސް ބޯޑެއް އުފެއްދުމުގެ އިންތިޒާމްތަކާއި ގުޅޭ ކަރުދާހެއް ސަރުކާރަށް ހުށައަޅާފައި ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި މިހާރު އެކުލަވާލެވިފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލުގެ ޑްރާފްޓްގައިވެސް އެކަން ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ 119 ފުލުހުން ބައިވެރިއިރު، 91 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. ދަސްވެނިވި 91 ބައިވެރިންގެ ތެރޭގައި ހިމެނެނީ 12 އަންހެން ފުލުހުންނާއި 79 ފިރިހެން ފުލުހުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ކޯހުން ފާސްވި ދަރިވަރުންވަނީ ރޫޓް މާޗެއްގެ އިތުރުން ބަޑިބޭހުގެ ހަރަކާތްތަކާއެކު މާރޗު ޕާސްޓެއް ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް