Advertisement
ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 01:44
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ރާއްޖެ އެމްވީ
ޑރ. ޝަހީމް
ޕީޖީ އޮފީހުގެ ލަފައަކަށް ޑރ. ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށައަޅައިފި
ޑރ ޝަހީމް ކޮމިޝަނަށް ދެއްވީ ދޮގު މައުލޫމާތުތަކެއް
ޑރ. ޝަހީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށްވެސް ވަނީ މައްސަލަ ހުށަހަޅާފައި
ޝަހީމްގެ މައްޗަށް ދައުވާ އުފުލީ ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީ

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.

އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި ޑރ. ޝަހީމުގެ މައްޗަށް ދައުވާ ކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް ފުލުހުންނަށް ހުށައަޅާފައިވަނީވެސް ޕީޖީ އޮފީހުގެ ލަފައަކަށެވެ.

އަދި އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

17 ނޮވެމްބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގެ ހުލާސާ އިއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މަރު ކޮމިޝަނަށް ފޮނުއްވެވި ސިޓީގައި ޑރ. އަފްރާޝީމް ރަހުމުކުޑަގޮތަކަށް މަރާލި ދުވަހު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫންކަމަށް ވިދާޅުވިޔަސް، އެ ދެ ބޭފުޅުންގެ ތެރޭގައި ބަދަލުކުރެވުނު އެސްއެމްއެސްތަކުން އެއީ ދޮގެއްކަން ހާމަވެގެންދާ ކަމަށެވެ.

ޑރ. ޝަހީމަކީ އަފްރާޝީމް މަރާލި ދުވަސްވަރު، އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް