Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 23:09
އެރިޔަދޫ ރިސޯޓު
އެރިޔަދޫ ރިސޯޓު
މޯލްޑިވްސް އިންސައިޑަރ
ފަތުރުވެރިއެއް މަރުވުން
އެރިޔަދޫ ރިސޯޓެއްގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ
މަރުވެފައި އޮއްވާ ފެނުނީ ރިސޯޓުގެ ކޮޓަރިއެއްގެ ތެރެއިން
އެއީ ރަޝިޔާ ފިރިހެން ފަތުރުވެރިއެއް
މަރުވި ފަތުރުވެރިއާގެ އުމުރަކީ 60 އަހަރު

އެރިޔަދޫ އައިލެންޑް ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ އެރިޔަދޫ ރިސޯޓުގެ ކޮޓަރިއެއްގައި 60 އަހަރުގެ ފަތުރުވެރިއަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ލިބުނީ, ބުރާސްފަތި ދުވަހުގެ މެންދުރު 14:22 ހާއިރު ކަމަށެވެ. އަދި މަރުވެފައިވަނީ ރަޝިޔާ ފިރިހެން ފަތުރުވެރިއެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement

ފުލުހުން ބުނީ މި މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެރިސޯޓަށް ގޮސްފައިވާ ކަމަށާއި، އަދި މިހާރު އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެނެސްފައިވާ ކަމަށެވެ.

މި ޙާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް