Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 23:13
ސިޓީ ކައުންސިލުން
ސިޓީ ކައުންސިލުން
މާލެ ސިޓީ ކައުންސިލް
މާލެސިޓީ ކައުންސިލް
މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 11 ޕާކިން ޒޯން ހަދައިފިން: މާލެ ސިޓީ ކައުންސިލް
ކުރިއަށް އޮތްތާގައި އިތުރު ޕާކިން ޒޯންތައް ހަދާނެ
އެތަންތަނުގައި އެއް ފަހަރާ 80 ނުވަތަ 400 ވެހިކަލްއަށް ޕާކް ކުރެވޭނެ
ވެހިކަލްތަކުގައި ސްޓިކަރ ޖަހާ މައްސަލަ ދަނީ އިތުރުވަމުން

މާލެ ސިޓީގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 11 ޕާކިން ޒޯންގެ ހަދާ ނިމިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Advertisement

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން 2019 އަހަރުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް 11 ޕާކިން ޒޯން ހަދާ ނިމި، ޢާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިޕާކިން ޒޯންތަކުގައި އުޅަނދުތައް ޕާކު ކުރެވޭއިރު، ކުރިއަށް އޮތްތާގައި ޕާކިން ޒޯންތައް ހަދަމުންދާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ 11 ޕާކިން ޒޯން ހަދާފައިވާއިރު، އެ ތަންތަނުގައި އެއް ފަހަރާ 80 ނުވަތަ 400 އުޅަނދު ޕާކް ކުރެވޭނެ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ޕާކްކުރާ ގިނަ އުޅަނދުތަކުގައި ސްޓިކަރ ޖަހާ މިންވަރު އިތުރުވެފައިވާއިރު، އެކަށީގެންވާ މިންވަރަށް މާލެ ސިޓީގައި ޕާކިން ޒޯން ނެތްކަމަށް ބުނެ ، ޢާންމުންގެ ގިނަ ފަރާތްތައްކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވަޢުދުވެފައިވީ ނަމަވެސް، މިސަރުކާރުގައި މާގިނަ ދުވަހެއް ނުވެ އުޅަނދުތަކުގައި ސްޓިކަރ ޖަހާ މިންވަރު އިތުރުވެ ދައުލަތަށް ކޮންމެ މަހަކު އެތައް ލައްކައިން ދަނީ ފައިސާ ނަގަމުންނެވެ. އަދި އުޅަނދުތަކުގައި ސްޓިކަރ ޖަހަން ފެށީ ޕާކުކުރާނެ ޞަރަޙައްދުތައް ދެއްކުމަށްފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

މާލެ ސިޓީގައި އުޅަނދުތައް ތޮތްޖެހުން އިތުރުވެގެން ދާއިރު، ކޮންމެ އަހަރަކު ވެސް އަލަށް އުޅަނދުތައް އެތެރެކުރުމަށް ދަނީ ހުއްދަ ދެމުންނެވެ. އުޅަނދުތައް އިތުރުކުރުން ކޮންޓްރޯލް ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް