Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 17:09
އިއްޒުއްދީން ސުކޫލް
އިއްޒުއްދީން ސުކޫލް
އެޑިއުކޭޝަން މިނިސްޓްރީ
އިއްޒުއްދީން ސުކޫލް
ދިރާސީ އާއަހަރު އިއްޒުއްދީން ސުކޫލްގަވެސް ކިޔަވަދޭން ފަށާނެ
ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށް
މި ސްކޫލަކީ 500 ދަރިވަރުންގެ ޖާގަ ދިނުމަށް އަމާޒުކޮށް ހުޅުވޭ ސްކޫލެއް
މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ސުކޫލު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ

މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރަމަށްޓަކައި، މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި، ތަރައްޤީކުރި ޢިއްޒުއްދީން ސްކޫލްގަ، އަންނަ ދިރާސީ އާއަހަރު ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މާލެ ޞަރަޙައްދުގައި އަލަށް ހުޅުވޭ އިއްޒުއްދީން ސްކޫލް ހުޅުވަން ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ހެދުނު 10:00 ޖަހާއިރު ކަމަށެވެ. އަދި އެސްކޫލް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޢިއްޒުއްދީން ސްކޫލްގައި ގްރޭޑް ދިހަ އަކާއި ހަމަޔަށް ކިޔަވައިދޭން ނިންމާފައިވީ ނަމަވެސް މި އަހަރު އެ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށެވެ. އެއީ ގްރޭޑް އެކަކުން ހަތަރަކަށް ކޮންމެ ގްރޭޑެއްގައި ތިން ކްލާސް، އަދި ގްރޭޑް ފަހެއް އަދި ހައެއްގެ ކޮންމެ ގްރޭޑް އެއްގެ ދެ ކްލާހެވެ.

Advertisement

ކްލާހެއްގައި 25 ކުދިންގެ ޖާގަ ހުންނައިރު 2021 ވަނަ އަހަރު ގްރޭޑް ހަތަކުން ފެށިގެން ދިހަ އަކަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިއީ، 500 ދަރިވަރުންގެ ޖާގަ ދިނުމަށް ޢަމާޒުކޮށް ހުޅުވޭ ސްކޫލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް