Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 14:12
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޕީއެލް- އެމްއެންޑީއެފް
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ތަމްރީނު ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެމްޕީއެލްގައި ބެހެއްޓޭ ފަޔަރ ސިސްޓަމްތަކާއި އާލާތްތައް އިންސްޕެކްޓު ކުރެވޭނެ
އިމަރޖެންސީ ޑްރިލްތައް ވެސް ބޭއްވޭނެ

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ތަމްރީނު ދިނުމުގެ އެމްއޯޔޫއެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ދެމެދު ސޮއިކޮށްފިއެވެ.

މިއެމްއޯޔޫގެ ދަށުން އެމްއެންޑީއެފުން އެމްޕީއެލްގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މި އެމްއޯޔޫގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ އެމްއެންޑީއެފް ފަޔަރ ރެސްކިއުގެ ކޮމާންޑަންޓު ކާނަލް އަބްދުﷲ އިބްރާހިމް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސީއީއޯ ޝާހިދު އަލީއެވެ.

އެމްއެންޑީއެފް ފަޔަރ ރެސްކިއުގެ ކޮމާންޑަންޓު ކާނަލް އަބްދުﷲ އިބްރާހިމް -- ފޮޓޯ: ރާއްޖެ.އެމްވީ

އެމްއޯޔޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ ފަޔަރ އެންޑް ރެސްކިއުގެ ފަރާތުން އެމްޕީއެލްގެ މުވައްޒަފުން ތަމްރީނު ކުރުމާއި އެމްޕީއެލްގައި ބެހެއްޓޭ ފަޔަރ ސިސްޓަމްތަކާއި އާލާތްތައް އިންސްޕެކްޓު ކުރެވޭނެ ކަމަށެވެ. އަދި އެމްޕީއެލްއާއި ފަޔަރ އެންޑް ރެސްކިއު އިން ގުޅިގެން އިމަރޖެންސީ ޑްރިލްތައް ވެސް ބޭއްވޭނެ ކަމަށް ކާނަލް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ -- ފޮޓޯ: ރާއްޖެ.އެމްވީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ އެމްޕީއެލްއަށް ބޭނުންވާ ރަނގަޅު އާލާތްތައް ހޯދުމުގައި ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ހުރިހާ ސައިޓުތަކެއްގައި ފަޔަރ ބްރިގޭޑެއް ތަމްރީނުވެފައި ތިބުމުގެ މުހިއްމުކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އަލިފާނުގެ ހާދިސާއަކަށް ތައްޔާރުވެގެން ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް