Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 14:26
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު
ޝުއައިބް މުހައްމަދު އިގްބާލް
ބާ ކައުންސިލް
ޤާނޫނީ ވަކީލުން ދަރަޖަ ކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިފި
މެމްބަރުކަމަށް ކުރިމަތިލުމަށް ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއް ކަމުގައިވާންޖެހޭ
މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00

ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިފިއެވެ.

ބާ ކައުންސިލުން ވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ޙާޟިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ގޮތުން އެކުލަވާލާފައިވާ ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ޤަވާޢިދުގައި ބަޔާންކުރާ ކޮމިޓީ އެކުލަވާލުމަށްޓަކައި، ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް ބުރާސްފަތި ދުވަހު ވަނީ ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ ތަފާތު މަރުޙަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި އުފައްދާފައިވާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއް ކަމުގައިވާން ޖެހެއެވެ.

Advertisement

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީގެ އިތުރުން މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީއާއި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.

މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް