Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 13:14
އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޕީއެލް
23 ބައިވެރިންނާއި އެކު އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި
ހަތަރު ކެޓަގަރީއަކުން ބައިވެރިވޭ
ޕްރޮގްރާމްގައި ކިޔަވައިދެނީ ލެވެލް 3 ގެ ސިލަބަސް
އެޕެރެންޓިސް ކުރިޔަށް ދާނީ ހަމަސް ދުވަހުގެ މުއްދަތަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) އާ ގުޅިގެން ހިންގާ "އެޕްރެންޓިސް ޕްރޮގްރާމް" އިފްތިތާހްކޮށްފި އެވެ.

ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި އެ ހަފްލާގައި އެޕެރެންޓިސް ޕްރޮގްރާމަށް ހޮވުނު 23 ފަރާތަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. މި އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން، ހަތަރު ކެޓަގަރީއަކުން ބައިވެރިންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު އެމްޕީއެލްއިން ފޯރުކޮށްދޭނެ އެވެ.

Advertisement

ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކު 6،000 ރުފިޔާގެ އެލަވަންސް އެއް ލިބޭނެއެވެ. އެކަމަކު މުވައްޒަފުންނަށް ލިބޭ އެއްވެސް އިނާޔަތެއް މި މުއްދަތުގައި ނުލިބޭނެއެވެ. ޕްރޮގްރާމްގައި ކިޔަވައިދެނީ ޓިވެޓް ކަނޑައަޅާފައިވާ ނެޝަނަލް ކޮމްޕީޓެންސީ ސްޓެންޑަރޑްގެ ލެވެލް ތިނެއްގެ ސިލަބަހެވެ.

އެމްޕީއެލް އެޕެރިންޓިސް ޕްރޮގްރާމްގެ ބައިވެރިންތަކެއް. ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެޕްރެންޓިސް ޕްރޮގްރާމްގެ ބައިވެރިންމިކުންފުނީގައި ހޭދަކުރާ ދުވަސްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، މިޕްރޮގްރާމް އިން ލިބޭ އިލްމާއި ހުނަރު އެންމެ ފުރިހަމައަށް ހާސިލްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް