Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 12:12
ހާދިސާ ހިނގާފައިވަނީ \"ނަރެސް\" ނަމަކަށް ކިޔާ ގެއެއްގައި
ހާދިސާ ހިނގާފައިވަނީ "ނަރެސް" ނަމަކަށް ކިޔާ ގެއެއްގައި
އެމްއެންޑީއެފް
އެމްއެންޑީއެފް
މަޑަވެލީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ހާދިސާ ހިނގާފައިވަނީ "ނާރެސް" ނަމަކަށް ކިޔާ ގެއެއްގައި
ގޭގެ 4 ކޮޓަރި އެއްކޮށް އަނދާފައިވާއިރު 2 ކޮޓަރި އަށް ދުމުގެ އަސަރުކޮށްފައިވޭ
ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 8:20 ގައި

ގދ.މަޑަވެލި ގެއެއްގައި އަލިފާނުގެ އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Advertisement

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް ސަދަރން އޭރިއާ ގދ. ތިނަދޫ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވެފައިވާކަމަށެވެ. އެގޮތުން އަލިފާން ނިއްވާ ސިފައިން އެ ސަރަހައްދަށް ދިޔައިރު އެ ގޭގައި ރޯވި އަލިފާން ރަށުގެ ރައްޔިތުން ކުރި މަސައްކަތުން ވަނީ ނިއްވާލާފަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ގޭގެ 80% އަނދާފައިވާ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 8:20 ގައި ކަމަށެވެ.

"ނަރެސް" ނަމަކަށް ކިޔާ މި ގޭގެ ހަތަރު ކޮޓަރި އެއްކޮށް އަނދާފައިވާއިރު ދެ ކޮޓަރި އަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެ. އެމްވީ އަށް މައުލޫމާރު ދެމުން އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ ފަރާތެއް ބުނީ އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވީ ކަނޑައެޅިގެން ކިހިނެއްވެގެން ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ބޮޑަށް ލަފާ ކުރެވެނީ މިހާދިސާ ހިނގީ ކަރަންޓުގެ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެ ފަރާތުން އިތުރަށް ބުނީ ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެެވެ. އެގޮތުން އެ ގޭގައި ދިރިއުޅޭ ކުޑަކުދިން ތިބީ އެހެން ގެތަކުގައި އުޅެމުންދާ އާއިލާއާއި އެކު ކަމަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އެފަރާތުން ބުނީ އެގެ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއިއެގޭގަައި ދިރިއުޅޭ ބައެއް ފަރާތްތަކަށް އަދިވެސް ހުރުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް