Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 12:13
މީގެ ކުރިން ހިފާފައި ހުރި ހަނދުކޭތައެއް
މީގެ ކުރިން ހިފާފައި ހުރި ހަނދުކޭތައެއް
ގޫގުލް
ހަނދުކޭތަ، ކޭތަނަމާދު
ހުކުރު ދުވަހުގެ ރޭ ހަނދުކޭތަ ހިފާނެ، ކޭތަ ނަމާދު ކުރުން އެރޭ 12 ޖަހާއިރު!
ހަނދުކޭތަ ހިފާނީ 10 ޖެނުއަރީ 2020 ވާ ހުކުރު ދުވަހުގެ ރޭ 22:07 ގައި، ނިމޭނެ ކަމަށް ލަފާކުރެވެނީ ހަމައެރޭ 02:12 ގައި
ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭ 00:10 ގައި
ކޭތަނަމާދު ކުރުން، ހުކުރު ދުވަހުގެ ރޭ 12 ޖަހާއިރު

ޖެނުއަރީ 10 ވަނަ ދުވަހުގެ ރޭ (ހުކުރު ދުވަހުގެ ރޭ) ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާރަށެއްގައި، އެރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި ކޭތަނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފި އެވެ.

އެމިނިސްޓްރީން ބުނެފައިވާ ގޮތުގައި، 10 ޖުނުއަރީ 2020 ވާ ހުކުރު ދުވަހުގެ ރާއްޖޭގެ ގަޑިން 22:07 އިން ފެށިގެން އެރޭ 02:12 އާއިދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެ އެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭގެ 00:10 ގަ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި ހުކުރު ދުވަހުގެ ރޭ 00:00 ގައި ކޭތަނަމާދު ކުރުން އޮންނާނެ އެވެ.

Advertisement

މިދިއަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ އިރުކޭތައެއް ހިފާފަ އެވެ. އަދި އެކަމާއި ގުޅިގެން މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައި ވެއެވެ. މި ކޭތަ ހިފާފައިވަނީ އުތުރުގެ ރަށްރަށަށް 08:51 ހާއިރުއެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް 09:01 ހާއިރުއެވެ. މާލެ ސަރަހައްދަށް ކޭތަ ހިފާފައިވަނީ 08:56 ހާއިރުއެވެ.

އޭގެއިތުރުން، 16 ޖުލައި 2019ގައި ހަނދުކޭތައެއް ވަނީ ހިފާފަ އެވެ. އެހަނދުކޭތަ ހިފުމާގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައި ވެއެވެ. މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 23:43 ގައެވެ. ކޭތަ ވީއްލާ ނިމުނު ކަމަށްވަނީ ފަތިހު 5:17 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް