Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 12:19
އެކުލަވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން
އެކުލަވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން
ރައީސް އޮފީސް
އޭސީސީ
ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ލަފާ އެރުވީ އެސްއޭޕީ ތައްޔާރުކުރުމަށް
ކުންފުނިތަކަށް މުވައްޒަފުން ހޯދުމުގެކުރިން ނީޑް އެސަސްމަންޓް ހެދުމަށް ލަފާދީފައިވޭ
ސީ.އެސް.އާރްގެ ދަށުން ހިންގޭނެ ޙަރަކާތްތައް ދުރާލާ ކަނޑައަޅައި ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރުމަށް ލަފާ ދީފައިވޭ
ކުންފުނިތަކުގެ ގަވާއިދުތަކުގައިވާ ކޮރަޕްޝަނަށް މަގުފަހިވާފަދަ މާއްދާތައް އިސްލާޙުކުރުމަށް ލަފާދީފައިވޭ

ކުންފުނިތަކުގެ ދުރުރާސްތާ ސްޓެރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އެކުލަވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ލަފާދީފިއެވެ.

އެގޮތުން އެކޮމިޝަނުން ކުންފުނިތަކަށް ހުށަހެޅުމަށް ފާހަގަކޮށްފައިވާ ލަފާތަކުގެ ތެރޭގައި ކުންފުނިތަކުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭނާއި ދުރުރާސްތާ ސްޓެރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުން ހިމެނެއެވެ. އަދި ކުންފުނިތަކުގެ ގަވާއިދުތަކުގައިވާ ކޮރަޕްޝަނަށް މަގުފަހިވާފަދަ މާއްދާތައް އިސްލާޙުކުރުމުގެ އިތުރުން ކުންފުނިތަކަށް މުވައްޒަފުން ހޯދުމުގެކުރިން ނީޑް އެސަސްމަންޓް ހެދުމަށް ވެސް ލަފާދީފައިވެއެވެ. މީގެއިތުރުން ކުންފުނިތަކުން ސީ.އެސް.އާރްގެ ދަށުން ހިންގޭނެ ޙަރަކާތްތައް ދުރާލާ ކަނޑައަޅައި ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރުމަށް ވެސް އެކޮމިޝަނުން ލަފާ ދީފައިވެއެވެ.

Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އެކަމަށްޓަކައި ފާސްކުރާ ޤާނޫނަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، އުފައްދާ ކުންފުނިތަކަކަށް ވާއިރު އެ ކުންފުނިތަކަކީ ކަނޑައެޅިފައިވާ މޭންޑޭޓަކާ އެއްގޮތަށް ވިޔަފާރިކޮށް، ނަފާ ހޯދައި، ފެންވަރު ރަނގަޅު ކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ކުންފުނިތަކެވެ.

ނަމަވެސް، ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ދޯދިޔާވުމުގެ ސަބަބުން ދައުލަތުން އެފަދަ ކުންފުނިތައް އުފެއްދުމުގެ ޙަޤީޤީ މަޤްޞަދަށް ވާޞިލުނުވެވި، އިޤްތިޞާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ނޭދެވޭ އަސަރުކުރާ ކަމަށާއިކުންފުނިތަކުގައި އުފެދި އާލާވަމުންދާ ފަސާދައިގެ ޢަމަލުތަކަކީ ދައުލަތް ހިންގުމުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށް 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އެ ކޮމިޝަނުން އެކުލަވާލި "ދައުލަތުގެ އަދި ދައުލަތް ޙިއްޞާވާ ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން" ނަމުގައި އެކުލަވާލި ރިޕޯޓުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް