Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 10:02
މާލެ ފަޅުގައި އަޅާފައިވާ އުޅަނދު ފަހަރުތަކެއް
މާލެ ފަޅުގައި އަޅާފައިވާ އުޅަނދު ފަހަރުތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
މާލެ ސިޓީ
މާލެ ސިޓީގައި އުޅަނދު ފަހަރުތައް ބަނދަރުކުރަން ހާއްސަ ސަރަހައްދުތަކެއް
ބަނދަރު ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ގެންނަން ޖެހޭ: ޝިފާ
މަސައްކަތްތައް ދަނީ ކުރިޔަށް
ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނަގަން ވަނީ އަންގާފައި

މާލެ، ހުޅުމާލެ އަދި ވިލިމާލެ އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އަންނަ އުޅަނދު ފަހަރުތައް ބަނދަރުކުރަން ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެކަމާއިގުޅޭ މައުލޫމާތު ރާއްޖެ.އެމްވީއާ ހިއްސާކުރައްވަމުން ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި އަތޮޅުތަކަށް ފުރާ ދޯނި ފަހަރުތައް ފުރާ ސަރަހައްދުތަކާއި ދިމާތަށް އެނގޭ ގޮތަށް ބޯޑުތައް ބަހައްޓާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގެ އަދި ހުޅުމާލޭގެ އިތުރުން ވިލިގިލިން ފުރާ އުޅަނދުތައް ވަކި ސަރަހައްދަކުން ފުރޭ ގޮތަށް ރޭވުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

Advertisement

އެކަން ފަށައިގަނެވޭނެ ވަކި ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މަސް މާރުކޭޓު ސަރަހައްދުގައި މަސްވެރިންގެ އޮޑި ދޯނި ފަހަރުތައް ލަގަން ޖާގައެއް ހަދަން ޖެހޭކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ، ބަނދަރު ތޮއްޖެހުމުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް މިހާރުވެސް ބޭނުންވާ ކަމަށެވެ.

މާލެ ސަރަހައްދަށް އަންނަ ބޯޓުތައް ބަނދަރު ކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާއިރު، ޤަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގެ އެކި ޞަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރުތައް ނެގުމަށް އަންގައި ސިޓީ ކައުންސިލުން ވަނީ އިއުލާނެއް ނެރެފައެވެ. މި ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަން އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެ އުޅަނދުފަހަރު މާލެއާއި ވިލިނގިލީގެ ފަޅުން ނެންގުމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ. އަދި އެ ތާރީހަށް ނުނަގާ އުޅަނދު ފަހަރުތަކަކީ ވެރިފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމަށް ބަލާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް