Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 08:33
ނައިބް ރައީސް ފައިސަލް ޒުވާނުންގެ އެވޯޑް ތައާރަފްކޮށްދެއްވަނީ
ނައިބް ރައީސް ފައިސަލް ޒުވާނުންގެ އެވޯޑް ތައާރަފްކޮށްދެއްވަނީ
ރައީސް އޮފީސް
ޔޫތް މިނިސްޓްރީ
ޔޫތު މިނިސްޓްރީން ޒުވާނުންގެ އެވޯޑް ތައާރަފްކޮށްފި
ޒުވާނުންނަށް ހިތްވަރު ދިނުމަށް ދެވޭ އެވޯޑެއް
ސްޕޯޓްސް އެވޯޑް އަދި ސިވިލް ސޮސައިޓީ އެވޯޑް ވެސް ވަނީ ތައާރަފްކޮށްފައި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޒުވާނުންނަށް ޚާއްސަކޮށް ޒުވާނުންގެ އެވޯޑްގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފްކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ޔޫތް މިނިސްޓްރީގެ "ރަން އަހަރު" ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި މި އެވޯޑް ތައާރަފްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ޔޫތް މިނިސްޓްރީން ބުނީ ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ އިލްމާއި، ހުނަރުވެރިކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން މުޖުތަމައުއަށްށާއި، ޒުވާނުންނަށް ފަރުދީ ގޮތުންނާއި، އަދި ޖަމާއީ ގޮތެއްގައި ކޮށްދޭ މަސައްކަތްތަކާއި ޚިދުމަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށެވެ.

ޒުވާނުންގެ އެވޯޑްގެ އިތުރުން ސްޕޯޓްސް އެވޯޑް އަދި ސިވިލް ސޮސައިޓީ އެވޯޑް ވެސް ވަނީ ތައާރަފްކޮށްފައެވެ.

Advertisement

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ތައާރަފްކޮށްދެއްވި ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތައް ފާހަގަކޮށް ކުޅިވަރުގެ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދާ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖުތަމައުއެއް ބިނާ ކުރުމަށް ހިތްވަރުދިނުމަށްދޭ އެވޯޑެކެވެ.

މީގެއިތުރުން ސިވިލް ސޮސައިޓީ އެއެވޯޑަކީ، ރަޖިސްޓްރީކޮށްގެން ހިންގާ މަަދަނީ ޖަމިއްޔާ ޖަމާތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، ގައުމުގެ ތަރައްގީއަށްކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއެވޯޑް އިފްތިތާފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

މިތިން އެވޯޑް މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުންދާނެ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް