Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 03:32
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޓްވިޓަރ
ރައީސް ނަޝީދު
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
ސިޔާސީ ހަލަބޮލިކަން އަންނަ ކޮންމެ ފަހަރަކު ވިޔަފާރި ވެރިންނަށް ސަރުކާރުން ވިޔަފާރީގެ ގޮންޖެހުންތައް ކުރިމަތިކުރޭ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ވިޔަފާރިއާއި މުދަލަށް ކޯޓުތައް މެދުވެރިކޮށް ސަރުކާރުން އަރައިގަންނަމުން ދަނީ ސިޔާސީ މަގްޞަދެއްގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވަނީ އަންގާރަ ދުވަހުގެ ރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު އެ ޓްވީޓް ކުރެއްވިއިރު، އަންގާރަ ދުވަހު ހައިކޯޓުން ވަނީ ގާސިމްގެ ވިލާ ކުންފުންޏަށް ދީފައި އޮތް ތ. އެލާ ފަޅުރަށުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން އުވާލީ ރަނގަޅަށް ކަމަށް ނިންމާ ގާސިމްއާ ދެކޮޅަށް ހުކުމް ކޮށްފަ އެވެ.

ރައީސް ނަޝީދުގެ ޓްވީޓުގެ އިތުރުން، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ވެސް ވަނީ މި މައްސަލައާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ސިޔާސީ މަޝްރަޙަށް ބަދަލު އަންނަ ކޮންމެ ދަނޑިވަޅެއްގައި ވިޔަފާރިވެރިންނަށް ކޯޓުތަކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަދަ މިނިވަން މުވައްސަސާތައް މެދުވެރިކޮށް ސަރުކާރުން ތަފާތު އެކި އުނދަގޫތަކާއި ގެއްލުން ކުރިމަތިކުރުވާ ކަމަށެވެ.

ގާސިމްގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް އަންނަމުންދާ މިދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅާ، އަދި އެ މައްސަލަ އެޖެންޑަ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މަސީހުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް