Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 22:03
ޔޫތް މިނިސްޓްރީގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ޔޫތް މިނިސްޓްރީގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ނައިބު ރައީސް
2019 ވަނަ އަހަރު ހޯދި ކާމިޔާބީއަކީ ރަންއަކުރުން ފަވާލެވޭ، ރަން ކާމިޔާބުތަކެއް: ނައިބު ރައީސް
ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ވާންޖެހޭ
އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލައި ރިވެތި އަހުލާގުގެ ބަޔަކަށްވާން އަޒުމްކަނޑައަޅަންޖެހޭ
ރައީސް ސޯލިހުގެ އަމާޒަކީ ގައުމު ތަރައްގީކުރުމުގައި ވަކި ގައުމުތަކެއް އިސްތިސްނާނުކޮށް ގުޅިގެން މަސައްކަތްކުރުން

2019 ވަނަ އަހަރު ކުޅިވަރު ދާއިރާއިން ހޯދި ކާމިޔާބީއަކީ ރަންއަކުރުން ފަވާލެވޭ ރަން ކާމިޔާބީތަކެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Advertisement

ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ޔޫތް މިނިސްޓްރީގެ "ރަން އަހަރު" ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ވާންޖެހޭކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، 2019 ވަނަ އަހަރުގައި ކުޅިވަރުގެ ދާއިރާއިން ހޯދި ކާމިޔާބަކީ ރަންއަކުރުތަކުން ފަވާލެވޭ ރަން ކާމިޔާބީތަކެއްކަށެވެ. ނައިބު ރައީސް ވަނީ ރަންވަނަތައް ހާސިލްކުރުމުގައި އެެތްލީޓުންގެ ފަރާތުންނާއި އަދި މައިންބަފައިންގެ އިތުރުން ސަރުކާރުންވެސް ބުރަ މަސައްކަތްތަކެއް ކުރިކަމަށް ވިދާޅުވެ ގައުމަށް ރީތި ނަން ހޯދައިދީފައިވާތީ އެފަރާތައް ޝުކުރުއަދާކުރައްވާފައެވެ.

އާދެ ގައުމަށް ރީތި ނަން ހޯދައިދިނުމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށް ވާން އެބަޖެހޭ. ރާއްޖެއަށް ރީތިނަން އެކި ދާއިރާތަކުން ހޯދައިދީފައި އެބަވޭ. އަޅުގަނޑުމެންގެ ޒުވާނުން، އަޅުގަނޑުމެންގެ ދަރިވަރުން ބޭރު ދުނިޔޭގެ އެކި ދަރިވަރުންނާއި ވާދަކޮށް ވަރަށް ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދައިދީފައި އެބަވޭ، އަލޫގަނޑުމެންނަށް މިކަންކަމުގެ ނަތީޖާއަކަށް ވަނީ ދިވެހިރާއްޖެ ކުރިޔަށް ވުރެން ބޮޑަށް އެހެން ގައުމުތަކާއި ގުޅި ރާއްޖޭގައިވެސް ބައިނަލްއަގްވާމީ މުބާރާތްތަކާއި އެކި ކަންތައް ކުރުމަށް މަގުފަހިވެގެން ދިޔުން.
ނައިބު ރައީސް ފައިސަލް ނަސީމް

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ ޒުވާނުންގެ ހުނަރު ދައްކަމުންދާއިރު އެންމެ ބޮޑަށް ބަލަންވީ އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލައި ރިވެތި އަހުލާގުގެ ބަޔަކަށްވާންކަމަށާއި ގައުމު ކުރިއަރައި ތަރައްގީވެ ތަހުޒީބު ގައުމެއްގެ ގޮތުގައި ދެމިތިބެވޭނީ އަނެކާގެ ހައްގު ދެނެގަނެ އަނެކާގެ ހައްގަށް އިސްކަންދިން މިންވަރަކުންކަމަށެވެ. އަދި ގައުމުގައި ދިމާވާ ކޮންމެ ހިތާމަވެރި ހާދިސާއަކުން އިބްރަތްލިބިގަނެ އެކަމާއި ފުންކޮށް ވިސްނުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަރުކާރު ފެށިގެންއައީ ރައީސް ސޯލިހު ހަށިހެޔޮ ދުޅަހެޔޮ އީދުގެ ގޮތުގައި ފާހަގަކުރި ހަރަކާތަކުންކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ އައިއޯއަޖީ ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ އެންމެންވެސް އެކަމަށްޓަކައި އުފާކޮށް ފަހުރުވެރިވާންޖެހޭކަމެއްކަމަށެވެ. ނައިބު ރައީސް ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބާއްވުމަށް ބިޑް ކާމިޔާބުކުރުމަށް ޔޫތް މިނިސްޓަރާއި ފޮރިން މިނިސްޓަރގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް ސޯލިހު މަގާމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ ވެފައި އޮތީ ދުނިޔެއާއި ބީރައްޓެހި ގުޅުންކުޑަ ގައުމެއްގެ ގޮތުގައި ކަމަށާއި އޭގެ ސަބަބުން ގިނަ ފުރުސަތުތަކެއް ލިބުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވިކަމަށެވެ. ނަމަވެސް، ރައީސް ސޯލިހުގެ އަމާޒަކަށްވީ ގައުމު ތަރައްގީކުރުމުގައި ވަކި ގައުމުތަކެއް އިސްތިސްނާނުކޮށް ގުޅިގެން މަސައްކަތްކުރުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށްކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ރައީސް ސޯލިހާއި ކެބިނެޓާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުގެވެސް އަމާޒަކީ އެއީކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް