Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 22:05
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
ފޭސްބުކް
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
އިންދި އޮށްތަކުގެ މޭވާ މި އަހަރު ފެނިގެންދާނެ: ޔޫތް މިނިސްޓަރު
ކުޅިވަރުގައި ކާމިޔާބު އަހަރެއް: މަހްލޫފް
މިނިސްޓަރު ޝުކުރު މުވައްޒަފުންނަށާއި، އެތްލީޓުންނަށް
ފީފާ އެޕްރޫވަލް 50 ދަނޑެއް އެޅިގެންދާނެ: ޔޫތް މިނިސްޓަރު

ނިމިދިޔަ އަހަރު ތެރޭގައި ފެށި މަސައްކަތުގެ ނަތީއްޖާ މި އަހަރު ތެރޭ ފެނިގެންދާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީން މިދިޔަ އަހަރު ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ''ރަން އަހަރު'' ޖަލްސާގައި މަހުލޫފް ވިދާޅުވީ، ހުސްވި އަހަރަކީ ރާއްޖޭގެ ތާރިހުގައި ކުޅިވަރުގައި އެންމެ ކާމިޔާބު އެއް އަހަރު ކަމަށެެވެ. ކުރިން ނުލިބޭ އެތައް ކާމިޔާބީތަކެއް ކުޅިވަރުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޖުތަމައު ބާރުވެރި ކުރުމުގެ ދާއިރާއިން ވެސް ބޮޑެތި ކާމިޔާބުތަކެއް ލިބިފައިވާ އަހަރެއް ކަމަށެވެ.

ރާއްޖޭގައި އެޅޭ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓު މި އަހަރު ތެރޭގައި އެޅުމަށް ޔޫތް މިނިސްޓްރީން އަމާޒު ހިފާފައިވާއިރު، މިހާރު އަޅަމުންދާ ފުޓްބޯޅާ ދަނޑުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު ފީފާ އެޕްރޫވަލް 50 ވަރަކަށް ދަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅިގެންދާނެ ކަމަށް މަހްލޫފް ފާހަގަކުރެއްވިއެވެ. މި އަހަރު ތެރޭގައި 18 ވަރަކަށް ޒުވާނުންގެ މަރުކަޒު އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ޔޫތް މިނިސްޓްރީން ހަމައެކަނި ކުޅިވަރަކަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާތީ ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ، ރައްޔިތުންނަށް އެހެން ހީވެފައި އޮންނަނީ މީޑިއާތަކުން ކުޅިވަރަށް ސަމާލުކަން ދިނުމަށްފަހު މިނިސްޓްރީން ޒުވާނުންނަށާއި، ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ހިންގާ ހަރަކާތްތަކަށް އިސްކަން ނުދޭތީވެކަން ގަބޫލްފުޅު ކުރައްވާ ކަމަށެވެ.

މަހުލޫފް ވަނީ ކާމިޔާބީތައް ހޯދުމަށް މިނިސްޓްރީގެ މުވައްޒަފުންނާއި ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުގެ އިތުރުން ރައީސް އޮފީހުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް