Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 19:46
ރައީސް ސޯލިހު، މަސްޖިދުއް ރަހްމަތު މިސްކިތް ހުޅުވައިދެއްވަނީ
ރައީސް ސޯލިހު، މަސްޖިދުއް ރަހްމަތު މިސްކިތް ހުޅުވައިދެއްވަނީ
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހް ބިންގާއެޅުއްވި ފުރަތަމަ މިސްކިތް އެމަނިކުފާނު ހުޅުއްވައިދެއްވައިފި
550 މީހުންގެ ޖާގައިގެ މިސްކިތެއް
ޢިމާރާތް ކުރުމުގެ މަސައްކަތަށް ހޭދަވެފައިވަނީ 296 ދުވަސް
މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ބިންގާ އަޅުއްވާފައިވާ "މަސްޖިދުއްރަޙްމަތު" މިސްކިތް ރަސްމީކޮށް އެމަނިކުފާނު ހުޅުއްވައިދެއްވައިފިއެވެ.

ނ. ކެނދިކޮޅުދޫ ގައި އިމާރާތް ކޮށްފައިވާ 550 މީހުންގެ ޖާގައިގެ މި މިސްކިތް ހުޅުއްވައިިދެއްވީ ބުދަ ދުވަހު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތުގެބިންގާ، ރައީސް އަޅުއްވައިދެއްވައި މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި އަހަރުގެ މާޗް މަަހުގެ 17 ވަނަ ދުވަހުއެވެ. މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތަށް ހޭދަވެފައިވަނީ 296 ދުވަހެވެ.

Advertisement

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވިޔަފާރި ކުރުމަށް، އަދި ވަކީން ހާއްސަކޮށް އިންވެސްޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ޙައްލުކޮށްދެއްވައި، ވިޔަފާރިވެރީންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރީންނަށް ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭނެ ގޮތަށް ތަރައްޤީގެ ކަންތައްތައް އިންތިޒާމް ކުރެއްވުން ކަމަށެވެ. އަދި އޭގެ އިތުރުން، ކެނދިކުޅުދޫގެ ތަރައްގީ އަށް ސަރުކާރުން ރާއްވަވާފައިވާ، އަދި މިހާރުވެސް ހިނގަމުންދާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

މަސްޖިދުއްރަޙްމަތު" ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތް ބައްލަވައިލައްވާ، މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވާފައެވެ. އެ ރަސްމިއްޔާތުގައި ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުންވަނީ ރައީސް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް