Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 18:54
ކަރެކްޝަންސްގެ އިސްބޭފުޅުންތަކެއް
ކަރެކްޝަންސްގެ އިސްބޭފުޅުންތަކެއް
ޓްވިޓަރ
އެޗްއާރްސީއެމް
ކަރެކްޝަންސް އިން ސައްހަ ނޫން މައުލޫމާތު ދީފައިވޭ: އެޗްއާރްސީއެމް
ގައިދީންގެ ޒަރޫރީ ބޭނުންތައް ކަރެކްޝަނުން ފުއްދައިނުދޭ: އެޗްއާރްސީއެމް
ކަރެކްޝަންސްގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރި
ކޮމިޝަނުން ދަނީ މައްސަލަ ތަހުގީގު ކުރަމުން

ޖަލުގެ ހާލަތު ތަހްގީގުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެއްބާރުލުން ލިބެމުން ނުދާކަމަށާއި، ކަރެކްޝަނުން ސައްހަ ނޫން މައުލޫމާތުދީފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، ޖަލުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާގުޅޭ ތަހްގީގު ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެޗްއާރްސީއެމުން ވަނީ މާލެ ޖަލަށާއި މާފުށީ ޖަލަށް ޒިޔާރަތްކޮށް، އެތަން ތަނުގެ އާންމު ހާލަތު ބަލައި، ގައިދީންނާއި، ބަންދުކޮށްފައިވާ ފަރާތްތަކާއި، ޖަލުގެ އިސްވެރިންނާއި، މުވައްޒަފުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައެވެ.

އެޗްއާރްސީއެމުން ބުނީ، ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވާ ސަބަބަކީ، ގައިދީންނާއި ބަންދުކޮށްފައިވާ ފަރާތްތަކުން ކަރެކްޝަނަލްގައި ތަކުރާރުކޮށް އެދެމުންގެންދާ ޒަރޫރީ ބައެއް ކަންކަން ފުއްދައި ނުދެވޭތީކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށް ނުދެވޭކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމް ބަޔާނުގައިވެއެވެ.

Advertisement

ގިނަ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމަށާއި، މާލެ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ފާހަގަކުރަމުން އެޗްއާރްސީއެމުން ބުނީ، ކޮމިޝަނުގެ ތަޙްޤީޤަށް ކަރެކްޝަންސް އިން އެންމެ އެދެވޭ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާކަމަށެވެ.

ކަރެކްޝަންސްގެ އެއްބާރުލުން ނުލިބޭ ކަމަށް އެޗްއާރްސީއެމުން ބުނެފައިވާއިރު، ދާދި ފަހުން ޖަލުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެފައިވަނީ، ޤާނޫނާ ޚިލާފަށް ބާރުގެ ބޭނުން ކޮށްފައިނުވާނެ ކަމަށާއި، ބަލަމުން ދަނީ ވެސް ޤާނޫނުގައި ލިބިފައިވާ ބާރުތައް ބޭނުންކުރުމުގެ ބަދަލުގައި، ބަންދުގައި ތިބޭ މީހުންނާ ވާހަކައިގެން، އެމީހުންނަށް ވިސްނައިދީގެން މިހެންޖެހޭ މައްސަލަތައް ޙައްލުކުރުމަށް ކަމަށެވެ. އަދި މިހާރު ތިބި ކަރެކްޝަންސްގެ އޮފިސަރުންވެސް އަނިޔާވެރި ނުވާނެ ކަމަށާއި، އެމީހުންގެ އަމާޒަކަށް ވާނީވެސް ޖަލު ބަންދުގައި ތިބޭ މީހުން އަނބުރާ ރަނގަޅު ގޮތުގައި މުޖުތަމަޢަށް ނެރުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް