Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 18:07
މިނިސްޓަރ ޝާހިދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މިނިސްޓަރ ޝާހިދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ހާރިޖީ ވުޒާރާ
ލަންކާ އެމްބަސީ
ލަންކާގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންގެ ވިސާއާއި ޕާސްޕޯޓުގެ ސްޓޭޓަސް ބަލަން ފަށައިފި: އެމްބަސީ
ދުރާލާ ޕާސްޕޯޓާއި، ވިސާގެ މުއްދަތު ހަމަވޭތޯ ބައްލަވާ، ހަމަވުމުގެ ކުރިންވިސާގެ ކަންތައް ހަމަޖެއްސެވުމަށް ވަނީ އެދިފައި
ބޭރުގައުމެއްގައި އުޅުއްވާއިރު ކާކުކަން އިނގޭނެ އައިޑެންޓިފިކޭޝަން ގެންގުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް
ބޭރަށް ނުކުމެވަޑައިގަންނަވާ ކޮންމެވަގުތުތަކުގައިވެސް ޕާސްޕޯޓް ހިފައިގެން ނިކުތުމަށް ވަނީ އިލްތިމާސްކޮށްފައި

ސްރީލަންކާގައި ދިރިއުޅުއްވާ ބޭރުގައުމުތަކުގެ ރައްޔިތުންގެ ސްޓޭޓަސް ބެއްލެވުމުގެ މަގްސަދުގައި ސްރީލަންކާގެކަމާބެހޭ އިދާރާތަކުން އެފަރާތްތަކުގެ ޕާސްޕޯޓާއި، ވިސާގެ ކަންކަން ބަލަމުންދާ ކަމަށް ކޮޅުނުބުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިރައްޔިތުންނާއި، ސްރީލަންކާއަށް ތަފާތު އެކިބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުން، ދުރާލާ ޕާސްޕޯޓާއި، ވިސާގެ މުއްދަތު ހަމަވޭތޯ ބައްލަވާ، ހަމަވުމުގެ ކުރިންވިސާގެ ކަންތައް ހަމަޖެއްސެވުމަށް ހަނދުމަފުޅު އަރުވާކަމަށެވެ. އަދި ބޭރުގައުމެއްގައި އުޅުއްވާއިރު ކާކުކަން އިނގޭނެ އައިޑެންޓިފިކޭޝަން ގެންގުޅުއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންވެސް ބޭރަށް ނުކުމެވަޑައިގަންނަވާ ކޮންމެވަގުތުތަކުގައިވެސް ޕާސްޕޯޓް އަދި ސްރީލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ބަލައިގެންފައިވާނަމަ، ރިސިޕްޓްހިއްޕަވައިގެން ބޭރަށް ނުކުމެވަޑައިގެންނެވުމަށް އެމްބަސީން ވަނީ އިލްތާމާސްކޮށްފައެވެ.

Advertisement

ސްރީ ލަންކާގައި އީސްޓަރ އާއި ދިމާކޮށް ދިން ބޮމުގެ ޙަމަލާތަކަށް ފަހު ފޮރިން މިނިސްޓްރީން ވަނީ ދިވެހިން ބޭރުގަ އުޅޭ އިރު ޕާސްޕޯޓު ހިފައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި 12 ދިވެހިން އާދީއްތަ ދުވަހު ހައްޔަރުކުރުމާއި ގުޅިގެން، ފޮރިން މިނިސްޓްރީން ވަނީ ސްރީ ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށް އަނެއްކާވެސް އިލްތިމާސްކޮށްފައެވެ. އަދި ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ބެލުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް