Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 18:04
ފުލުހުންގެ އޮފިސަރުން އާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެނީ
ފުލުހުންގެ އޮފިސަރުން އާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެނީ
އަލްޖަޒީރާ
ރައީސް ސޯލިހު
އިންޑޮނޭޝިޔާއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް ސޯލިހު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި މިހާތަނަށް 65 މީހަކު ވަނީ މަރުވެފައި
ރައީސް ވަނީ ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ

އިންޑޮނީޝިޔާގެ ޖަކާޓާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެ، ހާލުގައިޖެހި، އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ޢާއިލާތަކާއި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އަދި އިންޑޮނީޝިޔާގެ ސަރުކާރަށާއި ޢާންމު ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. ރައީސް ސޯލިހު ވަނީ ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

Advertisement

އިންޑޮނޭޝިޔާއަށް މިދިޔަ ހަފުތާގެ އަންގާރަދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ވެރިރަށް ޖަކާޓާގައި ފެންބޮޑުވެ ހިނގި ހާދިސާތަކާއި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި މިހާތަނަށް 65 މީހަކު މަރުވެފައިވެއެވެ. އަދި މި ހާދިސާތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ހާލުގައިޖެހިފައި ވެއެވެ. މިއީ 2007 ވަނަ އަހަރަށްފަހު އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ނުރައްކާތެރި ހާދިސާއެވެ. 2007 ވަނަ އަހަރު އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 80 މީހުން ވަނީ 10 ދުވަސް ތެރޭގައި މަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް