Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 18:01
އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު
އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު
ގޫގުލް
ރައީސް ސޯލިހު
އޮސްޓްރޭލިއާ އަލިފާންގަނޑު: ރައީސް ސޯލިހުގެ ހަމްދަރުދީ އެގައުމުގެ ރައްޔިތުނަށް
އަލިފާނުގެ ސަބަބުން މިހާތަނަށް 25 މީހެއްގެ ފުރާނަ ވަނީ ގެއްލިފައި
ޖަންގަލީގައި ރޯވެ ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައި އޮސްޓްރޭލިޔާގެ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ރައްޔިތުން ތިބޭނެ
އޮސްޓްރޭލިޔާއަކީ ރާއްޖެއާ ވަރަށް ގާތްރަޙުމަތްތެރި ގުޅުމެއް އޮންނަ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް

އޮސްޓްރޭލިޔާގެ ޖަންގަލީގެ ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި ވަނީ، އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން އެތައްބައެއްގެ ފުރާނަގެއްލި، ގެދޮރާއި ތަކެއްޗާއި ގުދުރަތީ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކަކީ ސިހުން ލިބިވަޑައިގެންނެވި ބޮޑެތި ގެއްލުންތަކެއްކަމަށާއި އޮސްޓްރޭލިޔާއަކީ ރާއްޖެއާ ވަރަށް ގާތްރަޙުމަތްތެރި ގުޅުމެއް އޮންނަ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިތުގެ އިޚްލާޞްތެރި ހަމްދަރުދީ އޮސްޓްރޭލިޔާގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ސޯލިހު ވަނީ ފޮނުއްވާފައިވެއެވެ.

Advertisement

ރައީސް ސޯލިހު ވަނީ އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ، ފެތުރެމުންދާ އަލިފާނުގެ ސަބަބުން ދިރިއުޅޭ މާޙައުލާއި އަދި ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކުން ދޭހަކޮށްދެނީ ތިމާވެއްޓާމެދު އިންސާނުންގެ ޢަމަލުތައް ބެހެއްޓޭ ނުރަނގަޅު ގޮތްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރަށް ގޯސްވަމުންދާ މިންވަރުކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ތިމާވެށީގެ ކުއްލި ހާލަތްތަކުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުގައި ބައިވެރިވެ ކުރިޔަށްދިއުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށާއި ވަކިން ޚާއްޞަކޮށް މިހާރު އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައިވެސް އޮސްޓްރޭލިޔާގެ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ރައްޔިތުން ތިބިކަން މެސެޖުގައި ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައިވެއެވެ.

އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 25 މީހެއްގެ ފުރާނަ ގެއްލި، 10 ހެކްޓަރުގެ ސަރަޙައްދެއް އަނދައިގެން ގޮސްފައިވެއެވެ. އަދި އަލިފާނުގެ ސަބަބުން ހަމައެކަނި ސައުތު ވޭލްސް ސަރަޙައްދުންވެސް ބައި މިލިޔަނަށްވުރެ ގިނަ ޖަނަވާރު މަރުވެ ގޮސްފައިވާކަމަށް އަންދާޒާ ކުރެވެއެވެ. މެސެޖު ނިންމަވާލައްވަމުން މި ޙާދިސާގެ ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް