Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 14:38
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު
ރާއްޖެ އެމްވީ
ރައީސް ޔާމީން
ރައީސް ޔާމީން ހިމެނޭގޮތަށް ހުރިހާ ގައިދީންނަށްވެސް 100 ޕަސެންޓް ރައްކާތެރިކަން އޮންނާނެ: މުނާޒު
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މުނާޒާއި މިނިސްޓަރު އިމްރާންގެ އިސްތިއުފާއަށް ގޮވާލާފަ
މުނާޒު ވިދާޅުވީ އެ ހަމަނުޖެހުމަކީ މުޅި މާފުށީ ޖަލުގައި ހިނގާދިޔަކަމެއް ނޫން ކަމަށާއި އެއީ ވަކި ޔުނިޓެއްގައި ހިންގާދިޔަ ކަމެއް ކަމަށް
މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށް މުނާޒު ވިދާޅުވި

މަނީ ލޯންޑަރިންގ ގެ މައްސަލައެއްގައި ޖަލަށް ޙުކުމްކޮށްފައިވާ ކުރީގެ ރައީސް، ޢަބްދުﷲ ޔާމީނު ވެސް ހިމެނޭގޮތަށް ޖަލުގައި ތިބޭ ޤައިދީންނަށް 100 ޕަސެންޓް ރައްކާތެރިކަން އޮންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފި އެވެ.

ކަރެކްޝަންސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ވިދާޅުވީ، ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ޖަލު ބަންދުގައި ތިބޭ އެއްވެސް ޤައިދީއަކަށް އަދި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނަށް ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ނުރައްކަލެއް ދިމާނުވާނެ ކަމުގެ 100 ޕަސެންޓް ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މުނާޒު ވިދާޅުވީ، މިމަހުގެ 5 ވަނަ ދުވަހު މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް، މިހާރު އެމައްސަލަ ޙައްލުކޮށް، ޖަލު ހަމަޔަކަށް އެޅިފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިނގީ މުޅި މާފުށީ ޖަލުގައި ނޫންކަމަށާއި، ހަމަނުޖެހުން ހިނގީ ޖަލުގައި "ވާނުވާ ޖަހާފައި" ތިބޭ މީހުންގެ ޔުނިޓުގަ ކަމަށެވެ.

Advertisement

މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެ، 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންގެންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަލާމަތާއި މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒާއި، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲގެ އިސްތިޢުފާއަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެހެން ގޮވާލާފައި ވަނީ މުނާޒް, ފުލުހުން ގޮވައިގެން އާދިއްތަ ދުވަހު މާފުށީ ޖަލަށް ވަދެ ޤައިދީންނަށް އަނިޔާކޮށް, ޕެޕަރ ސްޕްރޭ ޖަހާ، ޖަލުގައި ހަމަނުޖެހުން ހިންގިކަމަށް ބުނާ މައްސަލާގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް