Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 13:16
ހުޅުމާލޭގައި އަޅާފައިވާ 704 ފެލްޓުގެ ތެރެއިން މަރާމާތު ކުރަންޖެހޭ ފްލެޓުތަކުގެ އިންސްޕެކްޝަން ހަދަނީ
ހުޅުމާލޭގައި އަޅާފައިވާ 704 ފެލްޓުގެ ތެރެއިން މަރާމާތު ކުރަންޖެހޭ ފްލެޓުތަކުގެ އިންސްޕެކްޝަން ހަދަނީ
މިނިސްޓްރީ އޮފް ހައުސިން
ހުޅުމާލޭ ފްލެޓްތައް
ޗައިނާއިން ހުޅުމާލޭގައި އެޅި ބައެއް ފްލެޓްތަކުގެ އިންސްޕެކްޝަން ފަށައިފި
ފްލެޓްތައް އެޅީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންއިން
އިންސްޕެކްޝަން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ
އެއީ ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓު

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި ޙަވާލުކޮށްގެން، ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފެލްޓުގެ ތެރެއިން، މަރާމާތު ކުރަންޖެހޭ ފްލެޓުތަކުގެ އިންސްޕެކްޝަން ފަށައިފިއެވެ.

Advertisement

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވޮލޮޕްމަންޓުން ބުނީ، ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން ފަށައިގެން ކުރިޔަށްދާކަމަށާއި، އިންސްޕެކްޝަން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މަރާމާތު ކުރަންޖެހޭ ފްލެޓުތަކުގެ އިންސްޕެކްޝަން ހަދަނީ

މި ފްލެޓުތަކުގައި އެއްވެސް މައްސަލައެއް ވާނަމަ މިހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޯމް ހުށައެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި މަޝްރޫޢަކީ އޭރުގެ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން 1500 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި ޙަވާލުކޮށްގެން ހިންގި މަޝްރޫޢެކެވެ.

ނަމަވެސް މި ފްލެޓުތަކުގައި ފެން ލީކުވުމާއި، އެކި ކަހަލަ މައްސަލަތައް ހުރިކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް