Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 13:17
ހެލިކޮޕްޓަރުގައި ވައިގެ މަގުން ބަލަމުން ދާ ކަމަށް ވިދާޅުވި
ހެލިކޮޕްޓަރުގައި ވައިގެ މަގުން ބަލަމުން ދާ ކަމަށް ވިދާޅުވި
އެމްއެންޑީއެފް
އެމްއެމްޑީއެފް
ގެއްލިގެން އުޅޭ މީހާ ހޯދުމަށް ވައިގެ މަގުން ބަލަން ފަށައިފި
ގެއްލިގެން އުޅެނީ 37 އަހަރުގެ ފިރިހެނެއް
ފަރަށް އެރީ "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯންޏެއް
ކަނޑުގެ ސަރަހައްދު ވެސް ދަނީ ބަލަމުން

ކ. ކަގި ފަރަށް އެރި މުދާ އުފުލާ ދޯންޏެއްގެ ކެޕްޓަން ހޯދުމަށް ވައިގެ މަގުން ބަލަން ފަށައިފިއެވެ.

އެ އޮޮޕަރޭޝަނާއި ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ފަރަށް އެރި ދޯނީގެ ކައްޕި ހޯދުމުގެ އޮޕަރޭޝަން މިއަދުވެސް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ވައިގެ މަގުން ބަލަމުން ދާ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުގެ ޞަރަޙައްދު ބެލުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ "ނޫރައްދީން" ލޯންޗު އެ ޞަރަޙައްދުގައި ޙަރަކާތެރިވަމުންދާ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ބުނެފައިވެއެވެ.

Advertisement

ގެއްލިގެން ހޯދަމުންދަނީ މުޙައްމަދު ޔޫސުފް ނަމަކަށް ކިޔާ 37 އަހަރުގެ ދިވެއްސެކެވެ.

މި ޙާދިސާގައި، އެދޯނީގައި ހުރި މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ ހޯމަ ދުވަހުގެ ހެނދުނު 8:09 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އޭނާ ގެއްލުނުއިރު އޭނާ ގެންގުޅުނު ދަބަހާއި، ފޯނު ދޯނީގައި އޮތް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދީފައެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި "ޓީޓީއެސް ފާން" ނަމަކަށް ކިޔާ މިދޯނީގަ ދެން ތިބީ ދެ ބިދޭސީން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް