Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 13:19
ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކުރަމް
ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކުރަމް
ސިވިލް ސާވިރސް ކޮމިޝަން
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ
ރާއްޖެއަކީ ޕާކިސްތާނުގެ މުސްލިމު އަންހެނުންނަށް ނަމޫނާ ޤައުމެއް: އެމްބެސެޑަރު
ރާއްޖެއަކީ ޕާކިސްތާނުގެ މުސްލިމް އަންހެނުންނަށް ނަމޫނާ ދައްކުވައިދޭ ގައުމެއް ކަމަށް އަކުރަމް ފާހަގަކުރެއްވި
މިވަގުތަކީ މުޅި މުސްލިމް އުއްމަތަށް ކުރިމަތިވެފައިވާ ވަރަށް އުނދަގޫ ދަނޑިވަޅެއް ކަމަށް
އަކުރަމް ވިދާޅުވީ ދުނިޔޭގައި މުސްލިމުންގެ ލެއަކީ ފެނަށް ވުރެ ވެސް އަގުހެޔޮ އެއްޗެއް ކަމަށް

ރާއްޖެއަކީ ޕާކިސްތާނުގެ މުސްލިމު އަންހެނުންނަށް ނަމޫނާ ޤައުމެއް ކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކުރަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އަންހެނުނަށް ހަމަހަމަކަން ހޯދައިދިނުމަށް ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވާ އެމްބެސެޑަރ ވިދާޅުވީ ރާއްޖޭގައި އަންހެނަކަށް ވީތީ ނުކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ. އަދި ރާއްޖެއަކީ ޕާކިސްތާނުގެ މުސްލިމް އަންހެނުންނަށް ނަމޫނާ ދައްކުވައިދޭ ޤައުމެއް ކަމަށް އަކުރަމް ފާހަގަކުރެއްވިއެވެ.

Advertisement

އަކުރަމް ވިދާޅުވީ މިވަގުތަކީ މުޅި މުސްލިމް އުއްމަތަށް ކުރިމަތިވެފައިވާ ވަރަށް އުނދަގޫ ދަނޑިވަޅެއް ކަމަށެވެ. އަދި ޕާކިސްތާނުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި މުސްލިމުންގެ ލޭއޮހޮރުވުމުން ސަލާމަތް ކުރުމަށް ކަމަށެވެ.

އަކުރަމް ވިދާޅުވީ ދުނިޔޭގައި މުސްލިމުންގެ ލެއަކީ ފެނަށް ވުރެ ވެސް އަގުހެޔޮ އެއްޗެއް ކަމަށެވެ. އެގޮތުން ފަލަސްޠީނުން ފެށިގެން އޮސްޓްރޭލިއާ އާއި ހިސާބަށް ފެނިގެންދަނީ މުސްލިމުންގެ ލޭ އޮހޮރުވަމުންދާ މަންޒަރު ކަމަށެވެ. އަކުރަމް ވިދާޅުވީ ޤައުމެއްގައި މީހަކު މަރާލުމަށްފަހު، ޚަބަރަކުން ނުފެންނަ ނަމަ، ގިނަ ޙާލަތްތަކުގައި މަރުވި މީހާ ވާނީ މުސްލިމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް