Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 12:45
އެން.އޭ.ބީ.އެޗް އަދި އެން.އޭ.ބީ.އެލް  އެކްރެޑިޓް ކުރުމުގެ މަސައްކަތުގެ ތެރެއިން
އެން.އޭ.ބީ.އެޗް އަދި އެން.އޭ.ބީ.އެލް އެކްރެޑިޓް ކުރުމުގެ މަސައްކަތުގެ ތެރެއިން
igmh
އައިޖީއެމްއެޗް
އައިޖީއެމްއެޗް ބައިނަލްއަގުވާމީ މިންގަޑުތަކާއި އެއްގޮތަށް އެކްރިޑޭޓް ކުރުމުގެ މަސައްކަތްފަށައިފި
އައިޖީއެމްއެޗްގައި މިފަދަ ސްޓޭންޑަރޑް އެއް ގާއިމް ކުރެވުމަކީ ބަލި މީހުންގެ ރައްކާތެރިކަމާއި ދެވޭ ޚިދުމަތާއިމެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއް

ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮރ ހޮސްޕިޓަލްސް އެންޑް ހެލްތު ކެއަރ ޕްރޮވައިޑަރސް (އެންއޭބީއެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮރ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓަރީޒް (އެންއޭބީއެލް) ގެ ގައިޑްލައިންތަކާއި އެއްގޮތަށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަށައިފިއެވެ.

އައިޖީއެމްއެޗްގައި މި މަސައްކަތްތައް ކުރިއަށްގެންދަނީ އިންޑިއާގެ "އެކްމެ" ގެ ކޮންސަލްޓޭޝަންގެ ދަށުންނެވެ. އެންއޭބީއެޗް އަދި އެންއޭބީއެލް ގެ މިންގަނޑުތަކަކީ އިންޓަނޭޝަނަލް ސޮސައިޓީ ފޮރ ކޮލިޓީ އިން ހެލްތު ކެއަރ (އައިއެސްކިޔުޔޫއޭ) އިން އެކްރިޑޭޓްކުރެވިފައިވާ މިންގަނޑުތަކެކެވެ. އަދި އެންއޭބީއެޗް އަކީ އޭޝިއަން ސޮސައިޓީ ފޮރ ކޮލިޓީ އިން ހެލްތު ކެއަރ އައިއެސްކިޔުޔޫއޭގެ ފައުންޑަރ މެންބަރެވެ.

އެންއޭބީއެޗް އަދި އެންއޭބީއެލްގެ ބެންޗްމާކުތަކަކީ އިންޑިއާގެ ކޮލިޓީ ކައުންސިލުން ނިންމާ ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް (ޖޭސީއައި) އޮސްޓްރޭލިއަން ކައުންސިލް އޮން ހެލްތު ކެއަރ ސްޓޭންޑަރޑްސް (އޭސީއެޗްއެސް) އަދި ކެނޭޑިއަން ހޮސްޕިޓަލް ފަދަ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއް ފެންވަރުގެ މިންގަނޑުތަކެކެވެ.

Advertisement

އެކްރިޑޭޓް ކުރުމަކީ ހޮސްޕިޓަލްތަކުގައި ކުރާ މަސައްކަތްތަކާއި، ޚިދުމަތްތައް ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްހަމައެއްގައި ބެހެއްޓުމަށް ސްޓްރީމްލައިން ކޮށް، ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ދެނެގަނެވޭނެ ގޮތްތަކާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތައް ޚިދުމަތްތަކަށް ބަދަލު ގެނެސް، އެ މިންގަނޑުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.

މީގެތެރޭގައި ހޮސްޕިޓަލުގައި ބޭނުން ކުރާ އާލާތްތައް ކަނޑައެޅޭ މިންގަނޑު ތަކަކަށް ބެހެއްޓުމާއި ޤަވާއިދުން ހޮސްޕިޓަލުގެ ޚިދުމަތްތަކާއި މަސައްކަތްތައް އޮޑިޓު ކުރުންވެސް ހިމެނެއެވެ. އައިޖީއެމްއެޗްގައި މިފަދަ ސްޓޭންޑަރޑް އެއް ޤާއިމު ކުރެވުމަކީ ބަލި މީހުންގެ ރައްކާތެރިކަމާއި ދެވޭ ޚިދުމަތާއި މެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް