Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 13:13
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ރަންވޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ރަންވޭ
ޓްވިޓަރ
އައު ރަންވޭ
އައު ރަންވޭ މިއަހަރުގެ ތެރޭގައި ހުޅުވާނެ: އެމްއޭސީއެލް
މި އަހަރު ތެރޭގައި ހުޅުވާނެ
ރަންވޭ ހުޅުވިގެން ދިޔުމާއެކު ޖާގަ ތަނަވަސްވާނެ
އާ ރަންވޭ ހަދާފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން

ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގައި މިދިޔަ އަހަރު ތަރައްޤީކުރި އައު ރަންވޭ މި އަހަރުގެ ތެރޭގައި ހުޅުވައި، ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އައު ރަންވޭ ހުޅުވިގެން ދިޔުމާއެކު ޖާގަ ތަނަވަސްވެ، ފްލައިޓުތައް ޑިލޭވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ދުވަސްކޮޅު ފްލައިޓުތައް ޑިލޭވާ މައްސަލަ ދިމާވާތީ، އެ މައްސަލަ އެގޮތަށް އެ ދިމާވަނީ އެންމެ ރަންވޭއެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން ކަމަށް މީގެ ކުރިން އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އަދި ސިންގަލް ރަންވޭއެއް އޮތުމުން ގޮންޖެހުންތައް ދިމާވާކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ، އައު ރަންވޭ ހުޅުވުމުން 3 ވަރަކަށް މިނިޓުގެ ތެރޭގައި ރަންވޭ ކްލިއަރ ކޮށްލެވޭނެ ކަމަށެވެ.

އޮޕަރޭޝަންސްގެ ޙާލަތު ހުންނަގޮތުން ޑޮމެސިކްޓިކް އެއަރލައިންތަކަށް ވަކި ގަޑިތަކަށް ފޮލޯކުރަން އުނދަގޫވާކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

Advertisement

އެމްއޭސީއެލް އިން ބުނީ ރަންވޭއަށް ފްލައިޓުތައް ޖައްސާއިރު އަނބުރާލާފައި އަންނަން 12-15 މިނެޓް ނަގާނެ ކަމަށާއި، އެއަރޕޯޓަށް ފުލު ފުލުގައި ފްލައިޓްތައް ޖައްސާ ކަމަށެވެ. އަދި ބައެއް ފަހަރު ރަންވޭ މެއިންޓެނަންސްގެ ކަންތައްތައް ވެސް އެއަރޕޯޓުގައި ކުރިއަށްދާނެ ކަމަށާއި އެހެންނަމަވެސް މިހާރު މެއިންޓެނަންސް ކަންތައްތައް ބޮޑަށް ކުރިއަށް ގެންދަނީ ރޭގަނޑު ރަންވޭ ބަންދުކޮށްފައި އޮންނަ ގަޑިތަކުގައި ކަމަށެވެ.

އަލަށް ހެދި، ރަންވޭ ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އިއްތިހާދުގެ އޭ 380 ބޯޓެއް ޖައްސައި، އައު ރަންވޭ ހުޅުވި ނަމަވެސް އޭގެ ފަހުން މިހާތަނަށް އެ ރަންވޭ ބޭނުން ކޮށްފައެއް ނުވެއެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމުންނެވެ.

އާ ރަންވޭ ހަދާފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއެވެ.

ފްލައިޓްތައް ޑިލޭވުމަކީ ޢާންމުގޮތެއްގައި ފަސިންޖަރުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް