Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 12:12
ރ. މަޑުއްވަރީ
ރ. މަޑުއްވަރީ
އަބުދުﷲ ނަސީރު އިބްރާހިމް
ހަރުކަށި ފިކުރު
ހަރުކަށި ފިކުރާއި ގުޅުންހުރި އިތުރު 3 މީހަކު މަޑުއްވަރީން ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 26 އަހަރާއި 28 އަހަރުގެ ދިވެހި 3 ފިރިހެނުން

ހަރުކަށި ފިކުރާއި ގުޅުންހުރި އިތުރު 3 މީހަކު ރ. މަޑުއްވަރީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރާ ދެކޮޅަށް، ރ. މަޑުއްވަރީގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އަންގާރަ ދުވަހު 3 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 26 އަހަރާއި 28 އަހަރުގެ ދިވެހި 3 ފިރިހެނުން ކަމަށެވެ. އަދި އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެދުވަހު ވެސް ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

Advertisement

ފުލުހުން ހިންގާ އޮޕަރޭޝަނަކީ، އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކުން މަޙްރޫމުކޮށް އެ ފަރާތްތަކަށް ނާޖާއިޒު ފައިދާނަގައި، އަންހެނުންނާއި ކުޑަކުދިން މުޖުތަމަޢާއި ވަކިކޮށް ވެކްސިން ނުދީ، ތަޢުލީމު ޙާޞިލުކުރުމުން މަހްރޫމުކޮށް އަންހެނުންނާއި ކުޑަކުދިންގެ ފުރާނާ އަށް ނުރައްކާތެރި ޙާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުރުމުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތައް ހޯދަން، ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ، މަޑުއްވަރީގައި ޙަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާޢަތްތަކަށް ތާޢީދުކޮށް އެކަން ދިފާޢުކޮށް ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މަޑުއްވަރީ ގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާއިރު، ދާދި ފަހުން އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލަ ފެންމަތިވީ މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޙަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ފިރިހެން މީހާ އަކީ އެ ރަށު ހަރުކަށި ފިކުރު ގެންގުޅޭ ޢާއިލާ އަކަށް ނިޞްބަތްވާ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް