Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 12:09
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
އެމްވީކްރައިސިސް
އެމްސީއެސް
މަދު ފަހަރެއްގައި އޮފިސަރަކު އަނިޔާވެރި ނުވާނެއެކޭ ނުބުނަން: މުނާޒް
އެގޮތަށް ކަންތައްތައް ނުކުރަނީ ގައިދީންނަށް އިތުރު ހުކުމެއް އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑުވުމުން ކަމަށް ވިދާޅުވި
މުނާޒް ވިދާޅުވީ ވޭތުވެ ދިޔަ 12 ގަޑިއިރު ތެރޭގައި އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް
އަންގާރަ ދުވަހު މާލޭ ޖަލުގައި ގޮޅިއެއްގައި ތިބި ގައިދީންތަކެއް ބެޑު ޝީޓެއްގައި ރޯކޮށް ގޮޅިން ބޭރަށް، ބެޑުޝީޓު އެއްލި

މަދު ފަހަރެއްގައި އޮފިސަރަކު އަނިޔާވެރި ނުވާނެ ކަމަށް ވިދާޅުނުވާ ކަމަށާއި, އެކަމަކު އެފަދަ ކަންކަން ނުހިނގާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުނާޒް ވިދާޅުވީ ގަދަ ބާރުންވެސް ކަންތައްތައް ކުރެވިދާނެ ކަމަށާއި ފެން ޖަހައިގެން އެއްޗެހި އަތުލެވިދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައްތައް ނުކުރަނީ ޤައިދީންނަށް އިތުރު ޙުކުމެއް އަތުވެދާނެ ކަމުގެ ފުރުޞަތު ބޮޑުވުމުން ކަމަށެވެ.

މިހާރު ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވާ މުނާޒް ވިދާޅުވީ ވޭތުވެ ދިޔަ 12 ގަޑިއިރު ތެރޭގައި އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށެވެ. މުނާޒް ވިދާޅުވީ އެކަންތައްތައް ފެށިގެންދިޔައީ މާފުށީ ޖަލުގައި ކަމަށާއި ފުރަތަމަ 1 ގޮޅިން ފެށި، ފަހުން 6 ގޮޅީގައި ހަމަނުޖެހުން ހިނގާ، މާލޭ ޖަލުގައިވެސް ހަމަނުޖެހުން ހިންގި ކަމަށެވެ. އެގޮތުން އަންގާރަ ދުވަހު މާލޭ ޖަލުގައި ގޮޅިއެއްގައި ތިބި ޤައިދީންތަކެއް ބެޑު ޝީޓެއްގައި ރޯކޮށް ގޮޅިން ބޭރަށް، ބެޑުޝީޓު އެއްލި ކަމަށް މުނާޒް ވިދާޅުވިއެވެ. އަދި ބެޑު ޝީޓުގައި ރޯކޮށްލީ ހަޤީޤަތުގައި ވެގެން އުޅޭ ގޮތް ނޭނގޭތީ ކަމަށާއި، މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާތީ އެކަމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

Advertisement

އަދި ދެތިން ދުވަހަށް އެކަން ދިގުލައިގެން ދިޔައީ ނަޞޭޙަތް ދީގެން މައްސަލަ ޙައްލު ކުރުމަށް ކަމަށާއި ބާރުގެ ބޭނުން ކުރުމަކީ އިތުރުގޮތެއް ނެތިގެން ނޫނީ ޚިޔާރު ކުރާނެ ގޮތެއް ނޫން ކަމަށް މުނާޒް ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ މުޅި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާ ފަދަ ކަމެއް ނުހިނގާ ކަމަށެވެ. އަދި މިކަންތައް ދިމާވެގެން އުޅެނީ އެއް ސެލްއެއްގެ ތެރޭގައި ރިމާންޑުގެ ގޮތުގައި 100 ޤައިދީންގެ ތެރޭގައި ހިތްހަމަނުޖެހުން އުފެދިފައިވަނީ ބޭސްފަރުވާއާއި ގިނަ ދުވަސް ވަންދެން ސެލްތަކުގައި ތިބުން ކަމަށެވެ. އަދި މަޤާމާއި ޙަވާލުވިއިރު ޙުކުމެއް ނުކޮށް، 5 އަހަރު ވާނުވާޖަހާފައި ތިބި މީހުންވެސް ތިބި ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން ކުރި މަސައްކަތުން 3 އަހަރަށް ވުރެ އިތުރު ދުވަސްވަންދެން ޖަލު ބަންދުގަ މީހުން ނުތިބޭނެ ކަމަށެވެ.

މުނާޒް ވަނީ އެއްވެސް ވަރެއްގެ އަނިޔާއެއް ނުކޮށް، ނުވަތަ ގަދަ ބާރުގެ ބޭނުން ނުކޮށް، އެއްޗެހި ނުނަގާ އޭނާގެ އޯޑަރަށް ޖަލު އޮފިސަރުން މަޑުކޮށްގެން ތިބި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. މުނާޒް ވިދާޅުވީ އެ އޮފިސަރުން އެ ތަޙައްމަލު ކުރެއްވި ގޯނާއަށް ޝުކުރުއަދާކުރައްވާ ކަމަށާއި މާޟީގައި ކަން ހިނގާދިޔައީ އެހެނެއް ނޫން ކަމަށެވެ. މިހާރު އޮފިސަރުން ޤަބޫލު ކުރަނީ އެފަރާތްތަކުގެ ޒިންމާއަކީ ޤައިދީން އިޞްލާޙުކުރުން ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
8 ޖެނުއަރީ 2020 | ބުދަ 12:44
އަޅު
މުނާޒު ފާޑު ފާޑުގެ ފޮނި ނުކަނޑާ، ތިމާއަށް ނުވާވަރު ކަންތަކާ ހަވާލުވެ ބޮޑު ޓައި އަޅައިގެން އުޅުނަކަސް ތިމާގެ ނެތް ގާބިލުކަމެއް ނުދެއްކޭނެ. ތިމާގެ ދަށުން މަސައްކަތްކުރާ ސްޓާ ފުނަށްވެސް އެޕޮއިންޓްމެންޓް ހައްދައިގެން ނޫނީ " ފައިން ފުޅު ނު ފެންނަ" ވަރުގެ ބޮޑާމީހެއް.