Advertisement
ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 09:03
ހޯރަފުށީ އެއަރޕޯޓްގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު
ހޯރަފުށީ އެއަރޕޯޓްގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު
ރާއްޖެއެމްވީ
ހޯރަފުށި
ހޯރަފުށީ އެއަރޕޯޓުގަ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގުރާމް ފަށައިފި
ޕްރޮގްރާމް ފައްޓަވައި ދެއްވީ ހޯރަފުއްޓަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
މި ހަރަކާތަކީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި އެރަށު ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަން ރާވާފައިވާ ހަރަކާތެއް
މިހަރަކާތް ކުރިޔަށް ގެންދަނީ "ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މި ޝިއާރުގެ ދަށުން

ހއ. ހޯރަފުށީ އެއަރޕޯޓުގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގުރާމު ފަށައިފި އެވެ.

ހޯރަފުށީގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގުރާމް ފައްޓަވައި ދެއްވީ، އެ ރަށަށް ނިޞްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލްގެ ރައީސް އަޙްމަދު އިމްދާޙު ވިދާޅުވީ މި ޙަރަކާތަކީ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި އެރަށު ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަން ރާވާފައިވާ ޙަރަކާތެއް ކަމަށެވެ. މިކަމުގައި ހޯރަފުށީގެ އިދާރީ ހުރިހައި ކުންފުންޏެއް ވެސް ބައިވެރިވެއެވެ.

Advertisement

މީގެ އިތުރުން އިމްދާހު ވިދާޅުވީ ގަސް އިންދުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓުގެ ހޭޅިފަށުގައި ކަމަށާއި ޢަމާޒަކީ އެއަޕޯޓުގެ ހުރިހާ ޞަރަޙައްދެއް ފެހި ކުރުން ކަމަށެވެ.

މިޙަރަކާތް ކުރިޔަށް ގެންދަނީ "ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މި ޝިޢާރުގެ ދަށުންނެވެ.

ހޯރަފުށީ އެއަރޕޯޓްގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން

މިއީ ހައިޑްސް، ފްރިގޭޓަރ، ޖޭއޭ މަނަފަރު ރިސޯޓުގެ އިތުރުން ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ޙަރަކާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް