Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 21:17
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ފޯރޖަރީގެ މައްސަލައަކާއި ގުޅިގެން ދ. އަތޮޅު އިސް މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި
ސަސްޕެންޑް ކޮށްފައިވަނީ ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް
ފޯރޖްކޮށްފައިވަނީ މައްސަލައެއްގެ ޝަރީއަތަށް ހުށައެޅުއްވި އެއްބަސްވުމުގައިވާ ސޮއެއް
އެގޮތަށް ނިންމެވީ މިހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު

އެއްބަސްވުމެއްގައި ފޯރޖް ކޮށްފައިވާ ސޮއެއް ބޭނުންކުރެއްވިކަމަށް ބުނާ މައްސަލައެއްގައި ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލް ރައްޒާޤް މުހައްމަދު ސަސްޕެންޑް ކޮށްފިއެވެ.

އަންގާރަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، ދ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް އަބްދުލް ރައްޒާޤް ހުށައެޅުއްވި އެއްބަސްވުމުގައިވާ ސޮޔަކީ ފޯރޖް ކޮށްފައިވާ ސޮއެއްކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަމުންދާކަން އަންގާވަފައިވާ ކަމަށެވެ.

Advertisement

އެގޮތުން ފުލުހުން އެކަން އަންގައި ކޮމިޝަނަށް ސިޓީ ފޮނުވުމާއެކު އޭނާގެ ސުލޫކީ މައްސަލަ ބެލުމަށާއި، ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން އަބްދުލް ރައްޒާޤް މުޙައްމަދު ފަނޑިޔާރުންގެ މަސައްކަތުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ މިހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް