Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 21:13
ފޯރ ސީޒަންސް ކުޑަ ހުރާ ރިސޯޓު
ފޯރ ސީޒަންސް ކުޑަ ހުރާ ރިސޯޓު
ފޯރ ސީޒަންސް ކުޑަ ހުރާ
މަޓީ
ސަރވިސް ޗާރޖްއާ ބެހޭ ގަވައިދަށް ފުރިހަމަޔަށް އަމަލު ކުރުމަށް މަޓީއިން އިލްތިމާސްކޮށްފި
ފަތުރުވެރިކަމުގެ ސިނާއަތަކީ މިވަގުތު ދިވެހިރާއްޖެއަށް އެންމެ މުހިއްމު އަދި މުޅި ދިވެހިރާއްޖެ ބަރޯސާވެގެންތިބި ސިނާއަތް
ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުމަކީ މުޅި ދިވެހިރާއްޖެއަށްލިބޭ ކުރިއެރުމެއް
މުވައްޒަފަކަށްޖެހޭ ސަރވިސް ޗާރޖް ހިސާބުކުރެވެނީ އެރިސޯޓަކަށް ލިބޭ ވަރާއި އެރިސޯޓުގެ މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުން

ހުރިހާ ފަރާތްތަކުންވެސް ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ސަރވިސް ޗާރޖްއާ ބެހޭ ގަވައިދަށް ފުރިހަމަޔަށް އަމަލު ކުރުމަށް މޯލްޑިވިސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިލްތިމާސްކޮށްފިއެވެ.

ރިސޯޓުތަކުން ދޭ ސާރވިސްޗާޖުކުޑަކަމަށް ބުނެ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި މަޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިވަގުތު ދިވެހިރާއްޖެއަށް އެންމެ މުހިއްމު އަދި މުޅި ދިވެހިރާއްޖެ ބަރޯސާވެގެންތިބި ސިނާއަތްކަމަށާއި މި ސިނާއަތަށް އަންނަ ކުރިއެރުމަކީ މުޅި ދިވެހިރާއްޖެއަށްލިބޭ ކުރިއެރުމެއްކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ހީނަރު ކަމަކީ އޭގެ އަސަރު ހުރިހާ ދިވެހިންނަށް ކުރާނެކަމެއްކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކަކީ އެކި ފަންތިއަށް އަދި އެކި ގިންތިއަށް ނިސްބަތްވާ އަދި ދެވޭހިދުމަތްތަކުގެ ގޮތުންނާއި، އަގުގެ ގޮތުން ވަރަށް ތަފާތު ބޮޑު ތަންތަންކަމަށާއި މުވައްޒަފަކަށްޖެހޭ ސަރވިސް ޗާރޖް ހިސާބުކުރެވެނީ އެރިސޯޓަކަށް ލިބޭ ވަރާއި އެރިސޯޓުގެ މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުންކަމަށެވެ.

Advertisement

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގިނަ ރިސޯޓުތަކުންސަރވިސް ޗާރޖް ބެހުމުގައި ގާނޫނާއި ގަވައިދުތަކަށް އަމަލު ކުރަމުންދާ ކަމަށް ގަބޫލުކުރާކަމަށާއި މަޓީއިންއަބަދުވެސް އިލްތިމާސް ކުރަނީ ހުރިހާ ފަރާތްތަކުންވެސް ގާނޫނު އާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ސަރވިސް ޗާރޖްއާ ބެހޭ ގަވައިދަށްވެސް ފުރިހަމަޔަށް އަމަލު ކުރުމަށްކަމަށެވެ.

މަޓީއިން ނެރުނު ނޫސްބަޔާނުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ރެގިއުލޭޓް ކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް