Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 18:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު
ރައީސް އޮފީސް
މިނިމަމް ވޭޖް
މިނިމަމް ވޭޖާ ގުޅޭ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނަން: ރައީސް
އެއީ މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓެއް
މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއް
19 ވަނަ މަޖިލީހުގެ ދެވަނަ ދައުރުގައި ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަނި

މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

Advertisement

އަންގާރަ ދުވަހު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށައަޅުއްވާނެ ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭ ކޮމިޓީ ''ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް' ރައީސް ސޯލިޙު އެކުލަވާލެއްވީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެންނެވެ. އެގޮތުން މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމަވާލައްވައި މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަންޏެވެ. އެގޮތުން އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައެޅިގެން ދާނެ ކަމަށާއި މާގިނަ ދުވަސް ތަކެއް ނުވެ މިނިމަމް ވޭޖު ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް